ވޯޓު ކިޔޫ ބަންދުކޮށްފަ. ފޮޓޯ: ޖަޒީރާ

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ހަވީރު ހަތަރެއް ޖެހުމާއެކު ކިޔޫތައް ބަންދުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓުލުން 4:00 ގައި ނިމުނަސް، 4:00 ޖެހުމުގެ ކުރިން ކިއުއަށް އެރި މީހުންނަށް ވޯޓުުލެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ 4:00 ގެ ފަހުން ކިޔޫ އަށް ނޭރޭނެ ކަމަށާއި ވޯޓުލުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރު ނުކުރާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި މިހާރު ވަނީ ބައެއް ފޮށިތައްވެސް ބަންދުކޮށްފައެވެ.

މި ރިޔާސީ އިންތިހާބުގައި ޖުމްލަ 574 ވޯޓުފޮށި އިލެކްޝަންސް ކޮމިޝަނުން ބެހެއްޓި އެވެ. އެއީ މާލެ ސަރަހައްދުގައި ބެހެއްޓި 176 ފޮއްޓާއި އަތޮޅު ތެރޭގައި ބެހެއްޓި 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި ބެހެއްޓި 65 ފޮއްޓާއި ރާއްޖެއިން ބޭރުގައި ބެހެއްޓި އަށް ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ބެހެއްޓި ހަ ފޮއްޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *