ދެ އަހަރު ނުފުރޭ ކުޑަކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުއްޖާގެ މުނިކާފަ، މާލެ ގެނެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުން ނެރެގެން ގެންދަނީ --- ފޮޓޯ/ އެމްވީ ކްރައިސިސް

ގއ. ކަނޑުހުޅޫދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކު ރޭޕްކުރިކަން ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އެ ރަށު، އަންނާރުމާގޭ، ހަސަން މޫސާ ދީދީ (85އ.) މަރުވެއްޖެއެވެ.

ހަސަން މޫސާ ދީދީ ހަރަކާތްނުކުރާކަން ފާހަގަކުރެވިގެން، އެމެޖެންސީކޮށް ހުޅުމާލޭ ހޮސްޕިޓަލަށް މިއަދު ހެނދުނު ގެންދިއުމުން، ޑޮކްޓަރު ބެލުމަށްފަހު 9:55 ހާއިރު އޭނާ މަރުވެފައިވާކަމަށް ކަނޑައަޅާފައިވާ ކަމަށް މޯލްޑިވްސް ކަރެްކްޝަނަލް ސާވިސް އިން މައުލޫމާތުދެއެވެ. އަދި އޭނާ މަރުވީ ހިތްހުއްޓިގެންކަމަށް ބުނެފައިވެއެވެ.

ހަސަން މޫސާ ދީދީ އަކީ ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމާ ގުޅިގެން 25 އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމުންދިޔަ ޤައިދީއެކެވެ. އަދި އޭނާއަކީ މުސްކުޅި ބަލީގެ ސަބަބުން އެއްގޮތަކަށްވެސް ހިނގާ ބިނގާ ނޫޅެވޭ، އެނދުމަތިވެފައިވާ މީހެކެވެ.

ދެ އަހަރުގެ ނުވާ ކުޑަ ކުއްޖެއް ރޭޕްކުރި މައްސަލާގައި ހަސަން މޫސާ ދީދީ ހައްޔަރުކުރީ 17 ޖެނުއަރީ 2020ގައެވެ. އޭރު އޭނާގެ އުމުރަކީ 82 އަހަރެވެ. އެ މައްސަލާގައި އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ލާން ހުކުމްކުރީ 6 ޖުލައި 2022ގައެވެ.

ހަސަން މޫސާ ދީދީ ނިޔާވުމާ ގުޅިގެން ކަރެކްޝަންސް އިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރު އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އެކަން އަންގާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *