ރިޔާސީ އިންތިޚާބުގެ ވޯޓުލުން / ފޮޓޯ: ވަން

ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ޝަރުތު ހަމަވާ މީހުންގެ ތެރެއިން، މިހާތަނަށް 36,000 މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އޭގެ ތެރޭގައި 22،403 ފިރިހެނުންނާއި 13،760 އަންހެނުން ހިމެނޭ ކަމަށް އެ ކޮމިޝަނުން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.

ހެނދުނު 10:00 ޖެހުމާއި ހަމައަށް އާބާދީގެ 12.8 އިންސައްތަ މީހުން ވޯޓު ލާފައިވާއިރު، އެ ވަގުތުކޮޅާއި ހަމައަށް 87 އިންސައްތަ މީޙުން ވޯޓް ލާފައެއް ނުވެއެވެ. މިއީ ވޯޓް ލުމުގެ ޙައްްޤު ލިބިގެންވާ 246،،232 މީހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ 8:00 އިން ފެށިގެން ވޯޓުލުން ފަށާފައިވާ އިރު، ހަވީރު 4:00 ގައި ވޯޓު ފޮށިތައް ދަށުގައި ކިޔު ނެތް ފޮށިތައް ބަންދު ކުރާނެ ކަމަށެވެ. ނަމަވެސް ފޮށިދޮށުގައި ވޯޓުލާން ކިއު އޮތް ނަމަ، 4:00 އިން ފެށިގެން އެ ކިއު ބަންދުކޮށް، ވޯޓު ފޮށި ބަންދު ކުރާނީ ކިއުގައި ތިބި މީހުން ވޯޓުލާ ނިމުމުން ކަމަށްވެސް ބުންޏެވެ. އެއަށްފަހު ވޯޓު ގުނަން ފަށާނީ ފޮށި ބަންދުކުރާތާ، 30 މިނެޓު ފަހުންނެވެ.

ފަހުން ވޯޓުލާން މަޑުނުކޮށް އަވަހަށް ވޯޓު ލުމުގެ ކަންކަން ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *