ރައީސް ވޯޓުލައްވާފައިވަނީ މިއަދު ހެނދުނު 10:45 ހާއިރު ޖަމާލުއްދީނު ސުކޫލުގައި ބަހައްޓާފައިވާ ޅ. އަތޮޅު ވޯޓު ފޮއްޓަށެވެ.
ކެމްޕޭނުތެރޭގައިވެސް މި ފެނުނީ ވަރަށް މިނިވަން ކަމާއެކުގައި ހުރިހާ ކެންޑިޑޭޓުންނަށްވެސް ކެމްޕޭނު ކުރެވޭ ތަން ކަމަށް ރައީސް ވިދާޅުވިއެވެ.
އެއީ ވަރަށް ހިތްޕުޅުހަމަޖެހޭ ކަމެއް ކަމަށާއި، މިއަދު އެއްވެސް ތަނެއްގައި ހަމަނުޖެހުމެއް ހިނގައިގެން އެކަމުގެ މާ ބޮޑު ޝަކުވާއެއް ހިގައިގެން އެކަހަލަ ކަމެއްވެސް ހިނގާފައެއް ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި އިންތިހާބުގެ ކެމްޕޭން ފެށުނީއްސުރެ މިހާތަނަށް މި ގެންދަނީ ވަރަށް ސުމޫތުކޮށް ކަމަށެވެ.
މިއީ މިހާތަނަށް ރާއްޖޭގައި ނުދެކޭފަދަ ރަނގަޅު ޑިމޮކްރެޓިކް ހަމަތަކެއްގެ މަތިން ކުރިޔަށް ގެންދެވޭ އިންތިހާބެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެދިވަޑައިގަންނަވަނީ ހުރިހާ ބޭފުޅުން ނިކުމެ ގާނޫނު އަސާސީން ލިބިދީފައި މިއޮތް ހައްގު އެންމެ ރަނގަޅު ގޮތުގައި އަމާނާތްތެރިކަމާއެކުގައި އަދާކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި އިންތިހާބުގައި 88 ޕަސެންޓާއި 90 ޕަސެންޓާއި ދޭތެރޭގައި ވޯޓުލާނެ ކަމަށް ޔަގީން ކުރަނީ ވަރަށް މުހިންމު އިންތިހާބެއް ކަމަށެވެ.