10 އޭޕްރީލް 2021 - ލޯކަލް ކައުންސިލް އިންތިހާބު 2020 ގެ ވޯޓު ގުނުން ކުރިއަށްގެންދަނީ -- ޖަޒީރާ ފޮޓޯ: މުހައްމަދު އަފްރާހް

ޔޫކޭ ފިޔަވާ ހުރިހާ ޤައުމެއްގައިވެސް ރާއްޖެ ގަޑިން 08:00 ގައި ވޯޓުލާން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ލަންޑަނުގައި ބަހައްޓާ ފޮށީގެ ވޯޓުލުން ފެށޭނީ ރާއްޖެ ގަޑިން 12:00 ގައެވެ. އެ ފޮށީގެ ވޯޓުލާގަޑި ލަސްވަނީ އެ ގައުމާ ދެމެދު އޮންނަ ޓައިމް ޑިފަރެންސްގެ ސަބަބުން ކަމަށް އިލެކްޝަން ކޮމިޝަނުން މައުލޫމާތުދެއެވެ.

މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހުންނަށް ލިބޭއިރު، ޖުމްލަ 574 ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުގައި ބެހެއްޓޭ 176 ފޮއްޓާއި އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި 8 ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި 6 ފޮއްޓި ބަހައްތަން ވަނީ ހަމަޖެހިފައެވެ.

އެހެން ގައުމުތަކުގައި ވޯޓުލާން ފަށާނީ:

  • އިންޑިޔާ - ހެނދުނު 8:30
  • ސްރީލަންކާ - ހެނދުނު 8:30
  • މެލޭޝިޔާ - ހެނދުނު 11:00
  • އިނގިރޭސިވިލާތުގެ ލަންޑަން - މެންދުރު 12:00
  • ޔުނައިޓެޑް އެރެބް އެމިރޭޓްސް - ހެނދުނު 7:00

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަންތަނަކަށް ރަޖިސްޓްރީވާން 40،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާއިރު، އޭގެތެރެއިން 35،849 މީހުންގެ ފޯމް ބަލައިގަނެ ރީރެޖިސްޓާ ކޮށްފައިވާ ކަމަށް އިލެކްޝަންސް އިން މައުލޫމާތުދެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން މާދަމާ ކުރިއަށްދާއިރު، ދެ ވަނަ ބުރަކަށް ގޮސްފި ނަމަ އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައި ވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *