މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީން އއ.ބޮޑުފޮޅުދޫގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން މިދިޔަ އޮގަސްޓްމަހުގެ 25 ގައި ފެށި ބޮޑުފުޅުދޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފައިވެއެވެ . އަދި އަދި މިހާރު ވަނީ އެރަށުން ހިއްކާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތް މުޅިން ނިންމާލާފައެވެ.

އެމްޓީސީސީގެ މިމަޝްރޫޢުގެ ދަށުން ބޮޑުފޮޅުދޫން 12 ހެކްޓަރު ހިއްކަފައިވާއިރު ބޮޑުފޮޅުދޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ދެން ކުރިއަށްދާނީ ހިއްކި ބިން ހިމާޔަތްކުރުމުގެ މަސައްކަތެވެ. އެގޮތުން 180 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖަހާނެއެވެ.

އާބާދީ ކުޑަ ރަށެއް ނަމަވެސް ބޮޑުފުޅުދޫ ކައުންސިލުން ބުނީ އަމިއްލަ ބޯހިޔާވަހިކަން ބޭނުންވާ 150އަށްވުރެ ގިނަ މީހުން ތިބިކަމަށެވެ. ބޮޑުފޮޅުދޫ ކައުންސިލުން ދެކޭގޮތުގައި، ބިން ހިއްކުމުގެ މަޝްރޫޢަކީ ރަށުގެ ތަރައްޤީއާއި އެންމެ ބޮޑަށް ގުޅިފައިވާ މަޝްރޫޢެވެ. އެގޮތުން ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން، ރަށު ފަތުރުވެރިކަން ފަދަ ވިޔަފާރިތައް ފުޅާކޮށް ރަަށަށް އާމްދަނީ އިތުރުކުރެވޭނެ ވަސީލަތްތައް ޤާއިމުކުރުމަކީ ކައުންސިލްގެ ޢަމާޒެކެވެ.

އެމްޓީސީސީގެ މި މަޝްރޫޢަކީ 74 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *