ރައީސް ސޯލިހްގެ ކެމްޕެއިން ނިންމުން / ފޮޓޯ: މިހާރު

މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރަހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ނިންމުމަށް އުސްފަސްގަނޑުގައި ވަނީ ޚާއްސހަރަކާތެއް ބާއްވާފައެވެ.

ރައީސް ސޯލިހްގެ ކެމްޕެއިން ނިންމުން / ފޮޓޯ: މިހާރު

ރައީސް މިއަދު ވެސް މާލޭ އުސް ފަސްގަނޑު ސަރަހައްދުގައި ބޭއްވި އެންމެ ފަހު ހަރަކާތުގައި ގޮވާލެއްވީ އަނިޔާވެރިކަމަށް ފުރުސަތު ނުދިނުމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކެމްޕެއިން ނިންމަލަނީ ވެފައިވާ ވައުދުތައް ފުއްދައިދީފައިވާކަމުގެ ހިތްހަމަޖެހުމާއެކު" ކަމަށާ ވެއެތުވެދިޔައީ ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރުމަށް އެންމެ ބުރަ މަސައްކަތް ކުރި ފަސް އަހަރު ކަމަށެވެ.

ކެމްޕޭނުގައި ނެގި ސެލްފީގެ އަދަދަށްވެސް ވާދަވެރި ކެންޑިޑޭޓަށް ލިބޭ ވޯޓު މަދުވާނެ

ރައީސް ވިދާޅުވީ 130،000ށް ވުރެ ގިނަ ވޯޓު ކަށަވަރު ކަމަށެވެ.

ހަމައެކަނި ކެންޕެއިން ކުރަނީ އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީކެމްޕެއިނަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަޑައިގެންފައެވެ. އަދި 170 އަށްވުރެ ގިނަ ރަށަަށް ވަޑައިގެންނެވިއެވެ.

"ޤާނޫނު އަސާސީން ލިބިދޭ އެންމެ ބޮޑު ޙައްގަކީ ވޯޓުލުން. މި ޙައްގު ބޭނުންކުރަންވާނީ ވިސްނުންތެރިކަމާއިއެކު"

 

    0
    0
    0
    0
    0

    މިލިޔުމާއި ގުޅޭ

    ކޮމެންޓް

    Your email address will not be published. Required fields are marked *