އަންނަ ދައުރަކަށް އިންތިހާބުވެއްޖެނަމަ ފ.ބިލެއްދޫ އާއި ފ.މަގޫދޫ އަދި ފީއަލީގައި ކޮށްދެއްވާނެ ކަންކަން ރައީސުލްޖުމްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހާމަކޮށްދެއްވައިފިއެެވެ.

ރައީސް ވަނީ ބިލެއްދޫގައި މިއަދު ބޭއްވި އުފާވެރި އަމާން ރާއްޖެ ބަނދަރު ޖަލްސާގައި އެ ދާއިރާގެ  ރައްޔިތުންނަށް  ފޮނި  އުންމީދުތަކެއް ދެއްވައިފައެވެ.

ރައީސް ވިދާޅުވީ، ބިލެތްދޫ  ރައްޔިތުން  ބޭނުންވަނީ  ތިންކަމެއް ކަމަށާއި އެއީ ބަނދަރާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކަމަށެވެ. އޭގެ ތެރެއިން ބަނދަރުގެ މަސައްކަތް މިހާރު މޮބިލައިޒްކޮށްފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ފީއައްޔަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ، އެ ރަށުގައި ބިން ހިއްކުމާއި ރޯހައުސް ނުވަތަ ފްލެޓް އެޅުމަށް ނިންމަވާފައިވާކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މަގޫދޫ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އަދި ކުރިއަށް އޮތް މަދު މަސްތަކުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. ބިލެއްދޫ އާއި މަގޫދޫގައި ވެސް މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވުމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.

އެހެންކަމުން އެ ކަންކަމަށް ބެލުމަށް ފަހު ރައްޔިތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މި ސަރުކާރު ދެވަނަ ދައުރަކަށް އިންތިޚާބުކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *