އައްޑޫ ސިޓީ ތަރައްގީކުރައްވާނީ ދިވެހިރާއްޖޭގެ އެންމެ މައި ހަބުގެ  ގޮތުގައި ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މިއަދު ފެނިވަޑައިގަންނަވަނީ އެމްޑީޕީ އުފެއްދުމަށް ކުރި ބުރަ މަސައްކަތުގެ މޭވާ ދޮންވެ ތާޒަވަމުންދާ މަންޒަރު ކަމަށާއި، އަންނަ ދައުރެއްގައި އައްޑޫ ހިމެނޭހެން މުޅި ރާއްޖޭގެ ރައްޔިތުން އެ ދޮންވެ ފައްކާވެފައިވާ މޭވާގެ ފޮނިކަން ލިބިގަންނާނެ ކަމަށެވެ.

އައްޑޫސިޓީއަށް ގެނެސްދެވުނު ތަރައްގީއަށް އަލިއަޅުއްވައިލައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ 190 ހެކްޓަރުގެ ބިން ހިއްކިއްޖެ ކަމަށެވެ. އަދި، އައްޑޫ ހިސާބުގައި މުޅިން އަލަށް އުފައްދާ  5 ރިސޯޓްގެ ތެރެއިން 3 ރިސޯޓް ހެދުމަށް ބިން ހިއްކައި ނިމިއްޖެ ކަމަށާއި  124 ކިލޯމީޓަރުގެ މަގުގައި ޒަމާނީ ފެންވަރަށް ތާރު އެޅުމުގެ މަސައްކަތް  ނިމެމުންދާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ޝަންގްރިލާ އަށް ވަރަށް އަވަހަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި 1984 ވަނަ އަހަރު ހަރުކޮށްފައި ހުރި އެކިއުޕްމެންޓްތައް ބަދަލު ކުރެވިގެން އެދަނީ މިދައުރުގައި ކަމަށެވެ. ރައީސް ވަނީ ހަންކެޑެ އިންޓަގްރޭޓެޑް މަޝްރޫއުގައި ސޮއިކުރެވި ފަށަން ތައްޔާރަށް އޮންނެވި ކަންވެސް ފާހަގަކުރައްވައިފައެވެ.

ރައީސް ވިދާޅުވީ މިހާތަނަށް އައިއިރު ރާއްޖޭގެ އިގްތިސާދު އޮތީ  ވަކި ދިމާލަކަށް އުފުލި ދެކޮޅުން ތިރިވެފައި ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *