ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އެޑްރެސްކުރައްވައި އިންޑިއާއިން ފޮނުވި ކަމަށް ބުނެ މިއަދު ލީކް ކޮށްލި ސީޓީއަކީ ސައްހަ ސިޓީއެއް ނޫންކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

އުތުރު ތިލަފަޅު ތަރައްގީކުރުމަށް އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާއަށް ހދ. ހަނިމާދޫ އާއި އައްޑޫސިޓީ ގަމުން 15 ހެކްޓަރަށްވުރެ ކުޑަނޫން ބިމެއް 99 އަހަރަށް ކުއްޔަށް ދިނުމަށް ނިންމި ކަމަށް ބުނާ ލިޔުމެއް މީސް މީޑިއާގައި މިއަދު ދަނީ ދައުރު ކުރަމުންނެވެ.

މީސް މީޑީއާގައި ދައުރުކުރާ ލިޔުމުގައި ވަނީ އިންޑިއާ އެގްޒިމް ބޭންކުން 550 މިލިއަން ޑޮލަރުގެ އިތުރު ކްރެޑިޓް ލައިނެއް މެދުވެރިކޮށް ރާއްޖެއަށް 11 މަތިންދާބޯޓު ދިނުމަށް ނިންމާފައިވާ ކަމަށާއި، އެތަކެތި އޮޕަރޭޓް ކުރާނީ އިންޑިއާ ސިފައިން ކަމަށެވެ.

ދައުރު ކުރަމުންދާ "ފޭކް" ލިޔުމާއި ގުޅިގެން ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ، އެއީ އިންޑިއާ އާއި ރާއްޖެއާ އޮތް ގާތް ގުޅުން ހީނަރުކޮށްލުމުގެ ބޭނުމުގައި ފަތުރަމުންދާ ދޮގު ލިޔުމެއް ކަމަށެވެ. އަދި އެޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށާއި، ޒިންމާދާރުކަމާއެކު ޚަބަރު ފެތުރުމަށް އެންމެހާ ފަރާތްތަކުންވެސް ސަމާލުކަން ދިނުމަށް ޚާރިޖީ ވުޒާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އިންޑިއާ ހައި ކޮމިޝަނުން ވަނީ ސިޓީ ދޮގުކޮށް ދައުރުކުރަމުންދަނީ ފޭކް ސިޓީއެއް ކަމަށް ބުނެފައެވެ. އަދި މި ބާވަތުގެ އެއްވެސް ލިއެކިއުމެއް ބަދަލު ކުރެވިފައި ނުވާކަން ފާހަގަކޮށް ހައިކޮމިޝަނުން ވަނީ މިކަން ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *