ޕްރޮފެސަރ އުގެއިލް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ބަދަލު ކުރަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

އުގެއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުލްޙަވެރިކަމާއި އަމާންކަމާއި އެކު ތަރައްޤީގެ އެތައް މަޝްރޫއު ތަކެއް ފަށައި ކުރިޔަށް ހިނގަމުންދާ މިސަރުކާރު ބަދަލުކުރަންޖެހޭ ސަބަބެއް އޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށާއި ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދެއްވުން ކަމަށް އުގެއިލް ވިދާޅުވި އެވެ.

އެހެންކަމުން މި އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް އުގައިލް ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ބަދަލުވެއްޖެނަމަ ފަށައިގެން ކުރިޔަށްދާ މަޝްރޫއުތައް ހުއްޓި ފިޔަވަޅުތަކެއް ފަހަތަށް އެޅޭނެ. މިއީ ގަބޫލް ކުރަންޖެހޭ ހަގީގަތެއް. ގަސްތުގައި ނުކުރެއްވިޔަސް މިއީ ތަބީއީ އާދައެއް. ވުމާއެކު އަޅުގަނޑު ތާއިދު ކުރަނީ ނުހުއްޓި ރައީސް ސާލިހާއެކު ކުރިޔަށް ދިޔުމަށް،"

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *