ސިޓީ ކައުންސިލްތަކުން މަރުކަޒީ ބާރުތަށް ރަށްރަށަށް ދޫކޮށްލަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީ މީދޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ މި ސަރުކާރުން ގެންގުޅެނީ މައި ސަރުކާރަށް ލިބިފައިވާ ބާރުތައް ދޫކޮށް، ކައުންސިލްތައް ބާރުވެރި ކުރުވުމުގެ ސިޔާސަތެއް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލްތަކުންވެސް މަރުކަޒީ ބައެއް ބާރުތައް އެހެން ރަށްރަށަށް ދޫކޮށްލުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއްކަމަށާއި ހާއްސަކޮށް އައްޑޫ ސިޓީގެ މީދޫ އަދި ހުޅުދޫ އަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަދި މިއަށްވުރެ ލާމަރުކަޒީ ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މީދޫ އަދި ހުޅުދޫއަކީ ވަކި ދެ ރަށްކަމުން، އެ ރަށްތަކުން އެޑްމިނިސްޓްރޭޓިވް, ސިއްހީ, ތައުލީމީ ކަންކަން ފަށަން ޖެހޭނެ ކަމަށާއި އެ ހިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ރަށްރަށަށް ބާރުތައް ދޫކޮށްލަންޖެހޭ ކަމަށެވެ.

އަދި މައި ސަރުކާރަށް ލިބިދީފައިވާ ބައެއް ބާރުތައް ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދޫކޮށްލާފައިވާއިރު، ލާމަރުކަޒީ ކުރުމުގެ ހެޔޮ ބަދަލު ރަށްރަށުން ފެންނަމުން އަންނަ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *