ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މުއާޒް އެމްޑީޕީއަށް ސޮއިކުރުން

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ނައިބު ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސް ޔާމީން އަބުދުލްގައްޔޫމުގެ ސަރުކާރުގެ ތަރުޖަމާނުގެ މަޤާމު ފުރުއްވި އިބްރާހިމް މުއާޒް އަލީ އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

އިއްޔެ އެމްޑީޕީއަށް ސޮއިކުރެއްވުަމށްފަހު މުއާޒު ވަނީ އޭނާގެ މެންބަރޝިޕް ފޯމު ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް އާއި ހަވާލުކުރައްވާފައެވެ.

މުއާޒް ވިދާޅުވީ އެމްޑީޕީއަށް ސޮއި ކުރައްވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމެވިކަން ހާމަކުރައްވާ އިއްޔެ އޭނާ ވަނީ ސޯޝަލް މީޑިއާގައި އެކަން ހިއްސާކޮށްފައެވެ.

މިއާޒު ވިދާޅުވީ ޤައުމުގައި އަމާންކަމާއި ހަމަޖެހުން ގާއިމުކޮށްދެއްވާ، ގައުމެއްގެ ގޮތުގައި ބާކީ ނުވެ ދުނިޔެއަށް ރާއްޖެ ދައްކުވައިދީފައިވަނީ ރައީސް ސޯލިހުގެ ވެރިކަމުގައި ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގަި ޕީޕީއެމްގައި ހުންނެވުމަށްފަހު ޕީޕީއެމުން ދޫކުރައްވާ މުއާޒު ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވާ ޕާޓީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާފައެވެ. އަދި އެ ޕާޓީީގެ ނައިބު ރައީސް ކަމުގައި ހުންނެވުމަށްފަހު އިއްޔެ މި ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *