ވެގާ ޕޮއިންޓް ފިހާރަ އަނދާ ހުލިވެފައި

އަންގާރަދުވަހުގެރޭ ފަތިހު މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ޢިމާރާތް ތަޅައި ސާފުކުރުމުގެ މަސައްކަތްކުރިއަށްދާތީ،އެ ޢިމާރާތާއި އިންވެގެން ހުރި ޢިމާރާތުގައި ދިރިއުޅުން ރައްކާތެރިނޫންކަމަށް ފާހަގަ ކުރެވިގެން،އެ މަސައްކަތް ނިމެންދެން ހަތަރު ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވިފައިވާ ކަމަށް މޯލްޑިވްސް ޑޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އިއްޔެއާއި ހަމައަށް އެންޑީއެމްއޭއިން ބުނެފައިވަނީ އެއްވެސް ފަރާތަކަށް އޭރު ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ނުވާކަމަށެވެ. ނަމަވެސް މިއަދު ހެނދުނު އެ އިދާރާއިން ކުރި ޓްވީޓެއްގައި ބުނީ އިމާރާތް ތަޅާ ސާފުކުރުމުގެ މަސައްކަތް ނިމެންދެން ޖެހިގެން ހުރި އިމާރާތުގައި ދިރިއުޅޭ 3 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފައިވާ ކަމަށެވެ.

ބުދަދުވަހުގެރޭ ފަތިހު 4:37 ގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުއަށް މި އަލިފާނުގެ ހާދިސާ ލިބުމާއެކު ސިފައިންގެ ފަޔަރ ފައިޓަރުން އެ އަލިފާންގަނޑު ނިންވާލުމަށް މަސައްކަތް ފެށިއެވެ. އެހެންނަމަވެސް އަލިފާން ރޯވި ވެގަ ޕޮއިންޓް ފިހާރަ ކުރިމަތީގައި ޕާކްކޮށްފައި ހުރި ސައިކަލްތަކުގައި ރޯވެ، އަދި ޖެހިގެން ހުރި އިމާރާތުގެ ތިރީ ބުރިއާއި އެއްވަނަ ފަންފިލާއަށްވެސް ހުޅުގަނޑު ފެތުރިފައިވުމާއި އެކު އަލިފާން ނިއްވާލުމަށް ގަޑި އިރުތަކެއް ނެގިއެވެ.

އެއްކޮށް އަލިފާން ކޮންޓްރޯލް ކުރެވުނީ ބުދަދުވަހު ހެނދުނު 7 ޖަހަން ކައިރިވެފައިވަނިކޮށެވެ. މި ހާދިސާއާއި ގުޅިގެން  އެންޑީއެމްއޭގެ އޮފިޝަލުންނާއި މޯލްޑިވްސް ރެޑްކްރެސެންޓްގެ އޮފިޝަލުން އަދި ސިފައިންނާ ފުލުހުންގެ އޮފިޝަލުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދެވިއެވެ.

ރައްކާތެރި ތަންތަނަށް މީހުން ބަދުލުކުރުމާއި ވަގުތީ ބޯހިޔާވަހިކަން ބޭނުންވެދާނެ ފާރާތްތައް ދެނެގަތުމުގެ މަސައްކަތް އެންޑީއެމްއިން ކުރިޔަށް ގެންގޮސްފައިވެއެވެ. މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންދެވުނު 3 މީހުންގެ ތެރެއިން 2 މީހުންނަށް ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. އަދި އެކަކަމަށް ފަރުވާދީފައިވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. މިހާރު އެމީހާގެ ހާލުވެސް ރަނގަޅު ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއްވައެވެ.

މި ހާދިސާގައި އަނދާ ހުލިވި ފިހާރައަކީ އެ ސަހައްދުގެ ރައްޔިތުންގެ "ފޭވަރިޓް" ފިހާރައެކެވެ. ހުރިހާ ބާވަތެއްގެ މުދާ ވިއްކާ، 40 ވަރަކަށް އަހަރުވީ އެ ފިހާރައި އަނދާ ހުލިވިއިރު އެ ފިހާރަ ހުރީ އިންޝުއަރ ކޮށްފައި ކަމަށް ފިހާރައިގެ ވެރިފަރާތުން މީޑިއާތަކުގައި ބުނެފައިވެއެވެ. އެ ފިހާރައާއި ފިހާރައިގެ މަތީގައި ހަދާފައި ހުރި ގުދަންވެސް ވަނީ އަދާ ހުލިވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *