ފުވައްމުލަކުގައި ހުންނަ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ވޮކޭޝަނަލް ލެބަކާއި ސްޓެމް ލެބެއް ޤާއިމްކޮށްފިއެވެ.

މި ލެބް ހުޅުވައި ދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ.

ވޮކޭޝަނަލް އެޑިޔުކޭޝަނަށް ޚާއްޞަކޮށްގެން ހުޅުވި އެ ދެ ލެބުން ދަރިވަރުންނަށް ތަފާތު މަސައްކަތްތެރިކަން ދަސްކޮށްދޭނެކަމަށާއި މި ލެބްތަކުގެ އެހީގައި ދަރިވަރުން އާންމު ދިރިއުޅުމުގައި ދަސްކުރަން މުހިންމު ހުނަރުތަކުގެ ތެރެއިން ކެއްކުމާއި ފެހުމާއި ވަޑާންކުރުން ފަދަ މަސައްކަތް އަދި އާޓާއި ކްރާފްޓްގެ މަސައްކަތްތައް އެކުދިންނަށް ދަސްކޮށްދެވޭނެކަމަށް އެޑިއުކޭޝަން މިނިސޓްރީން ބުނެއެވެ.

މީގެ އިތުރުން ދަރިވަރުންގެ ފަންނީ ހުނަރުތަކުގެ އިތުރުން އެ ކުދިންނަށް އުފެއްދުންތެރި ވިސްނުމާއި ދިރިއުޅުމުގައި ދިމާވަ ކަންކަން ހައްލުކުރުމުގެ ހުނަރުތައް ދަސްވުމާއެކު މުސްތަޤުބަލުގައި ހުނަރުވެރި ޤާބިލު ތަޢުލީމީ ޖީލެއް ބައްޓަންކުރުމަށް މަގުފަހިވެގެންދާނެކަމަށް  މިނިސްޓްރީ ބުނެއެވެ.

ވޮކޭޝަނަލް އެޑިޔުކޭޝަން ޖެނެރަލް ލެބްގެ އިތުރުން އަދި ވަކި ވަކި ހުނަރުތައް ދަސްކޮށްދިނުމަށް ޚާއްޞަކޮށްގެން ހުޅުވާ ލެބްތައް ވެސް ކުރިއަށްއޮތް ތަނުގައި ސްކޫލްތަކުގައި ހުޅުވަން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައިވެއެވެ.

މި ލެބްތައް ޤާއިމް ކުރަނީ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) ގެ ދަށުންނެވެ.

އޭއީޑީޕީ އަކީ ވޯލްޑް ބޭންކުގެ ނުވަ މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި ދިވެހި ސަރުކާރުގެ އެއް މިލިއަން ޑޮލަރު ހިމެނޭގޮތަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޤާއިމްކުރެވިފައިވާ ފަންޑެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *