ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް -- ފޮޓޯ: އަވަސް

އޭއެފްސީ 23 އަހަރުންދަށުގެ މުބާރާތުގެ ކޮލިފައިންގައި ޗައިނާ އަށް ދާން ގައުމީ ޓީމް މުބާރާތުން ވަކިވާން ޖެހުމުގެ ޒިންމާ  ޔޫތު މިނިސްޓްރީން ނަގަން ނުޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ޔޫތު މިނިސްޓްރީން ބަޔާނެއް ނެރުނީ، މާދަމާ ފަށަ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގައި ބައިވެރިވާ ގައުމީ  ޓީމަށް މުބާރާތުން ވަކިވަާން ޖެހުނީ ޓިކެޓް ގަންނަން ފައިސާ  އެފްއޭއެމްގައި ނެތުމުން ކަމަށްބުނެ ސޯޝަލްމީޑިއާގައި ހަބަރު ފެތުރުމުންނެވެ.

ޔޫތު މިނިސްޓްރީން ބުނީ، 2023 ވަނަ އަހަރު ބައިވެރިވުމަށް ނިންމާފައިވަާ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް އެންގުމަށް  ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް 2022 ވަނަ އަހަރު  އަންގައިފައިވާނެ ކަމަށެވެ.

އެހެންނަމަވެސް 23 އަހަރުން ދަށުގެ ގައުމީ ޓީމް އަދި 16  އަހަރުން ދަށުގެ ގައުމީ ޓީމް ފުރާކަން އަންގާފައިވަނީ މިދިޔަ  މަހުގައި ކަމަށް އެމިނިސްޓްރީން ބުންޏެވެ.

ކޮލިފިކޭޝަން މެޗްތަކުގެ ހަރަދަކީ ފީފާއިން ފުޓްބޯޅަ  އެސޯސިއޭޝަންތަކަށް ހަރަދެއްކަމުން އެކަމުގެ ޒިންމާ ޔޫތު  މިނިސްޓްރީން ނަގަންޖެހޭ އެއްވެސް ސަބަބެއް ނެތް  ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *