20 ރަށެއްގައި އައިލެންޑް ރިސޯސް ރިކަވަރީ ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތް އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ޕްލޭނިން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ މިނިސިޓްރީން ބުނީ މި މަސައްކަތް 8 މަސް ދުވަސްތެރޭ ނިންމުމަށް އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި މި މަސައްކަތް ކުރިޔަށްދާނީ ޒޯން 2 ގައި ހިމެނޭ ހދ.ނޮޅިވަރަން، ހދ.ކުމުންދޫ، ހދ.ވައިކަރަދޫ، ހދ. މަކުނުދޫ، ހދ.ފިނޭ، ހދ.ހިރިމަރަދޫ، ހދ. ކުރިނބީ، އަދި ހދ. ނޭކުރެންދޫ ގައި ކަމަށާއ މި މަސައްކަތް ހަވާލުކޮށްފައިވަނީ 47،432،604.66 ރުފިޔާއަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

ޒޯން 3 ގައި ހިމެނޭ ށ. ބިލެއްފަހި، ށ.ފީވައް، ށ.ފޭދޫ، ށ.ކަނޑިތީމު، ށ.ޅައިމަގު، ށ.ނޫމަރާގެ މަސައްކަތް ހަވާލުކޮށްފައިވަނީ 8 މަސްދުވަސް ތެރޭ ނިންމުމަށެވެ. އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މި މަސައްކަތް ހަވާލޮކޮށްފައިވަނީ 30،921،209.71 ރުފިޔާއަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *