ރ. އުފުލަންދޫ ރ. މަޑުއްވަރީ ކައުންސިލާ މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުންހަވާލުކޮށްފިއެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން, ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮފް ސްޓޭޓް ފޯ ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އަކްރަމް ކަމާލުއްދީންއެވެ. އަދ،ި ރ. މަޑުއްވަރީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލް މެމްބަރު އާޔަތުالله ނަޢީމް އެވެ.

އުފުލަންދޫ، މަޑުއްވަރީ ކައުންސިލާ ހަވާލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަޅުރަށްތަކާއި ބެހޭ ޤާނޫނުގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤުތިޞާދީ ބޭނުންތަކަށް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދުގެ ދަށުން ފަޅުރަށްރަށް ދޫކުރުމުގައި ގައި ސަރުކާރުގެ އަމިއްލަ އިސްނެގުމުގެ މަތިން ފަޅުރަށެއް ބެލެހެއްޓުން ވަކި ޝަރުތުތަކަކާއިއެކު ކައުންސިލަކާ ރައީސް ނިންމެވުމާ ގުޅިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *