ރައީސް ސޯލިހަށް ރިޔާސީ އިންތިހާބު 2023 ގައި ތާއީދު ކުރައްވާ އިލުމުވެރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ގިނަ ދީނީ އިލްމުވެރިންތަކެއް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ.

މިއަދު ދީނީ އިލުމުވެރިންނަށްތަކެއް ވަނީ ރައީސް ސޯލިހަށް ތާއީދުކުރައްވާ ސަބަބުތައް ހާމަކުރެއްވުމަށް ނުސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ އަމަންއަމާންކަމާއި ދެމެހެއްޓުމަށްޓަކައި ރައީސް ސޯލިހަށް ވޯޓުދިނުމަށް ގޮވާލައްވާ ކަމަށް ވިދާޅުވިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދާލަތު ޕާޓީއާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައްޝެއިހް އިލްޔާސް ހުސައިން ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމެވީ ފާއިތުވި މާޒީގައި އިލްމުވެރިނަށް ތަޖުރިބާކުރެވުނު ކަންކަން މައްޗަށް ބުރަވެ، އިލްމީ ހަމަތަކާއި އުސޫލުތަކަށް ބަލައިގެން ކަމަށެވެ.

ރައީސް ސޯލިހުގެ ވެރިއެއްގެ ކިބައިގައި ހުންނަނށް ޖެހޭ ކެތްތެރިކަން ހުރި ބޭފުޅެއް ކަމަށާއި، ކުރީގެ ވެރިން ގޮތަށް ރުޅި އިސްކުރައްވާ ރުންކުރު ނިންމެވުންތައް ނިންމަވާފައިއި ނުވާ ކަމަށް ޝެއިހް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، ރައީސް ސޯލިހުގެ މި ވެރިކަމުގައި މީހުން ހިފާ ހައްޔަރުކުރުމުގެ ބަދަލުގައި ތަފާތު ފިކުރުތަކުގެ މީހުންނާއި އެކު ގުޅިގެން މަސައްކަތް ކުރެއްވިކަމަށް އިލްޔާސް ފާހަގަ ކުރެއްވިއެވެ. މިއަދާ ހަމައަށް އައިއިރު ކޯލިޝަން ދެމެހެއްޓިފައިވަނީ ވެސް އެ ސަބަބަށްޓަކައި ކަމަށް އިލްޔާސް ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ކުރީ ސަރުކާރުތަކުގައި ދީދީ އެކި އެކި ރޮނގުން ޕްރޮގްރާމްތައް ހިންގާފައިނުވާ މިންވަރަށް، މި ސަރުކާރުން ދީނީ ޕްރޮގްރާމްތައް ހިންގައިފި ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް 10،969 ދީނީ ޕްރޮގްރާމް މި 5 އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އަދި ކޮވިޑްގެ ދަތި ހާލަތުގައިވެސް އިލްމުވެރިންގެ އަޑު ރައީސް ސޯލިހު އެއްސެވި ކަމަށާއި، ކަންކަން ނިންމެވީ އިލްމުވެރިންގެ ލަފާގެ މަތިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *