ދ.މާއެނބޫދޫ ބިންހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓަށް ތައްޔާރުކޮށްފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

މާއެނބޫދޫ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވަނީ އަންގާރަ ދުވަހެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިނގް ހައުސިނގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަގަކީ 76.76 މިލިއަން ރުފިޔާއެވެ.

މިމަޝްރޫއުގެ ދަށުން 15 ހެކްޓަރުގެ ސަރަހައްދެއްގެ ބިންހިއްކުމާއި ސެންޑް ސާރޗް ސާރވޭއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވނީ އެމްވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުގައެވެ.

މާއެނބޫދު އަކީ 1000 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. މިހާރު މޮބިލައިޒްކޮށްފައިވާ ބިންހިއްކުމުގެ މަސައްކަތް ނިމުމާއިއެކު ބިމުގެ ދަތިކަން އެރަށުގައިވެސް ހައްލުވެގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *