އަހުމަދިއްޔާ ސުކޫލުގެ މުދައްރިސުންތަކެއް

ޑިޕްލޮމާ ލެވެލްގެ މުދައްރިސުން ބެޗްލަރ ޑިގްރީ ފުރިހަމަކުރުމުން، 2 އަހަރު މަޑުކުރުމަކާއި ނުލާ ޕަބްލިކް ސާރވިސް ރޭންކް 7 އަށް ބަދަލުވާނެ ކަމަށް ސިވިލްސާރވިސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރ މިކަން އާންމުކުރައްވާ ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ ހުރިހާ މުދައްރިސުންނަކީވެސް ދަށްވެގެން ބެޗްލަރސް ޑިގްރީ ފުރިހަމަކޮށްފައިވާ މުދައްރިސުންނަށްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސިވިލް ސާރވިސް ކޮމިޝަނުން އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ކިޔަވައިދޭ މުދައްރިސުންނަކީ ތައުލީމީގޮތުން ފެންވަރު ރަނގަޅު ބަޔަކަށް ހެދުމަށްޓަކައި ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަކީ، އެންމެ ދަށްވެގެން ޑިގްރީ ލެވެލަށް ތައުލީމު ހާސިލްކޮށްފައިވާ ފަރާތްތަކަކަށް ހެދުމުގެ މަގްސަދު ހާސިލުކުރުމުގެ ގޮތުން ގެނެސްފައިވާ ބަދަލެއް ކަމަށެވެ.

ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސާރވިސް ރޭންކް 5 (ޑިޕްލޮމާ ލެވެލް) ގެ ޓީޗަރުންގެ މަގާމުތައް ސުކޫލު ސްޓާފް ރިކުއަޔަރމެންޓުގައި ހިމެނުމުގައްޔާއި އަދި އެފަދަ ޓީޗަރުން ޑިގްރީ ހާސިލްކުރުމުން ޕަބްލިކް ސަރވިސް ރޭންކް 7 (ބެޗްލަރސް ޑިގްރީ ލެވެލް) ގެ މަގާމަށް ހަމަޖެއްސުމުގެ ގޮތުން އެ ކޮމިޝަނުން ފާސްކޮށްފައިވާ "ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސާރވިސް ރޭންކް 5 ގައިވާ ޓީޗަރުން ޑިގްރީ ހާސިލުކުރުމުން ޕަބްލިކް ސާރވިސް ރޭންކް 7 އަށް ބަދަލުކުރުމުގެ މިންގަނޑު އިއްޔެ އެ މިނިސްޓްރީއަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ފޮނުވާފައެވެ.

ވީމާ މި މިންގަނޑު ތިޔަ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ސިވިލް ސާރވިސްގެ ސުކޫލު/މަދަރުސާތަކާއި ހިއްސާކޮށް މި މިންގަނޑާއި އެއްގޮތަށް ސުކޫލުޔަކުގެ ސްޓާފް ރިކުއަޔަރމެންޓަށް ގެންނަށްޖެހޭ ބަދަލުތައް ގެނެސް ފާސްކުރުމަށް ކޮމިޝަނަށް ހުށަހެޅުއްވުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ވަނީ އަންގާފައެވެ.

އަދި ރިކުއަޔަމެންޓް ފާސްވުމުން މި މިންގަނޑުގެ ތެރެއިން އުފައްދަންޖެހޭ މަގާމުތައް އުފެއްދުމަށް ކޮމިޝަނަށް ހުށަހަޅާފައިވާ މަޤާމުތައް އުފެއްދުމުން މި ސެޕްޓެމްބަރު މަހުގެތެރޭގައި އިންޓާނަލީ އިއުލާނުކޮށް ޓީޗަރުންގެ މަގާމު ބަދަލުކުރުމުގެ މަސައްކަތް ސުކޫލުތަކާއި ގުޅިގެން މިނިސްޓްރީ އިން ކުރިޔަށް ގެންދިއުމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެ މިނިސްޓްރީއަށް އަންގަވާފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *