އައްޑޫގައި ޤާއިމްކޮށްފައިވާ ކުނި ހަކަތަ އުފައްދާ ޕްލާންޓް ހިންގުމަށް، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯއާއި) އާއި ހަވާލުކޮށްފިއެވެ.

މިއަދު އައްޑޫގައި ހެނދުނު އައްޑޫސިޓީ ހިތަދޫގައި ތަރައްޤީ ކުރެވިފައިވާ ޕްލާންޓުގައި ބޭއްވި ރަސްމީއްޔާތުގައި އެންވަރޮމެންޓް މިނިސްޓަރ އާމިނަތު ޝައުނާ، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ ޔޫސުފް ސިރާޖް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ރަނިންގްމޭޓް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަދި އައްޑޫސިޓީ ކައުންސިލް މޭޔަރ އަލީ ނިޒާރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖޭގެ އެއްމެ ދެކުނުގެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން އައްޑޫ ސިޓީގައި ގާއިމުކުރާ ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒުގެ ވޭސްޓް ޓު އެނަރޖީ ޕްލާންޓް އިންސްޓޯލްކޮށް ނިންމާ މިއަދު އެޕްލާންޓްގެ ޕްރީކަމިޝަންގެ މަސައްކަތް ފަށާފިއެވެ.  މި ޕްލާންޓަކީ ދުވާލަކު 50 ޓަނުގެ ކުނި އަންދާ އެއިން 1.5 މެގަވަޓްގެ ކަރަންޓް އުފެއްދޭގޮތަށް ޑިޒައިންކޮށް އިންސްޓޯލްކޮށްފައިވާ ޕްލާންޓެކެވެ.

ޖުމްލަ 20.5 މިލިއަންޑޮލަރު ޚަރަދުކޮށްގެން ކޮރެއާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ޑިޒައިންކޮށް އިންސްޓޯލްކުރި މި ޕްލާންޓްގައި އިންސިނެރޭޓަރ އަކާއި ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ސްޓީމް ޓާރބައިންއެއްގެ އިތުރުން މީގެއިން ކުނި އަންދާއިގެން އަރާ ދުން ކޮންޓްރޯލްކުރުމަށްޓަކައި އެއްމެ ފަހުގެ ޓެކްނޮލޮޖީވަނީ ބޭނުންކޮށްފައެވެ. އެހެންކަމުން މިޕްލާންޓް ފަރުމާކޮށް އިންސްޓޯލްކޮށްފައިވަނީ ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް ގެއްލުން ނުވާނެގޮތަށެވެ.\

މިޕްލާންޓަކީ ދެކުނު ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒުގައި ބެހެއްޓިފައިވާ ޕްލާންޓެއްކަމުން، މި ޕްލާންޓްގެ ޕްރީ  ކަމިޝަން ފެށުމަށްޓަކައި ކޮންޓްރެކްޓަރއާއި އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމާއި އެއްގޮތަށް، މިފެސިލިޓީ ވަނީ އައްޑޫ ސިޓީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް )ވެމްކޯ) އާއި މިއަދު ހަވާލުކުރެވިފައެވެ. އެގޮތުން ޕްރީކަމިޝަންކުރުމާއި ކަމިޝަންކޮށް ޕްލާންޓް އޮޕަރޭޝަނަށް ގެނައުމުގައި ކޮންޓްރެކްޓަރ އާއި އެކު މިއަދުން ފެށިގެން ވެމްކޯ ހަރަކާތްތެރިވަމުންދާނެއެވެ.

މި ޕްލާންޓް އެއްކޮށް ކަމިޝަންކޮށް ނިމެންވާއިރަށް އޮޕަރޭޝަނަށް ގެނައުމަށްޓަކައި ވެމްކޯއިން މިހާރުވެސްވަނީ އެކަމާއި ގުޅޭތައްޔާރީތައްވާން ފަށާފައެވެ. އެގޮތުން މި ޕްލާންޓް އޮޕަރޭޓްކުރުމަށް ބޭނުންވާ ފަންނީ މުވައްޒަފުން ނެގުމާއި މިތަނަށް ބޭނުންވާ ކުނި ގެނައުމަށް ބޭނުންކުރާނެ ވަސީލަތްތައް ހޯދުމުގެ މަސައްކަތް އެކުންފުނިންވަނީ ފަށާފައެވެ.

މިފެސިލިޓީ އޮޕަރޭޝަނަށް އަންނައިރު އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީ އާއި ހުވަދު އަތޮޅުގެ ރަށްތަކުންނާއި ރިސޯޓްތަކުގެ ކުނި މިތަނަށް ގެނެސް ޕްރޮސެސްކުރެވޭނެކަމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން މަޢުލޫމާތު ދެއެވެ. އަދި މިތަނަށް ގެންނަ ކުނި ޕްރޮސެސްކުރުމަށްޓަކައި ބަންދުކުރެވިފައި ހުރި ބަންކަރއެއްވަނީ ގާއިމުކޮށްފައެވެ. އެހެންކަމުން މިތަނުގައި ހިނގާ އެއްވެސް ކަމެއް ބޭރަށްނުފެންނާނެހެން ތަންހުންނާނީ ބަންދުކުރެވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *