ހައުސްޕްލާޒާ ގޭގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން

މާލޭގެ ގެއެއްގައި ތެރޭގައި ހުރި ގުދަނެއްގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެ ފިރިހެނުން ހައްޔަރުކޮށްފިއެވެ.

މިއަދު މެންދުރު އަލިފާން ރޯވީ މ.ހައުސް ޕްލާޒާގައި ހުންނަ ގުދަނެއްގެ ތެރޭގައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ހައުސް ޕްލާޒާގެ ހުންނަ ސަރަހައްދުން މިއަދު މެންދުރު ދެމީހުން ހައްޔަރުކޮށްފައިވާއިރު އެ ދެމީހުންނަކީ މަގުމަތީގައި އާންމުކޮށް އުޅޭ އަދި ސަލާންޖަހާ ދެ ޒުވާނުން ކަމަށް ފާހަގަ ކުރެވޭ ދެމީހުންނެވެ.

ރޭ ފަތިހުވެސް މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. އެ ހާދިސާގައި ރޯވެ އަނދާ ހުލިވީ ރަތްވިލާ ގޯޅީގައި ހުންނަ "ވެގަޕޮއިންޓް" ފިހާރައިގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *