ފުލުހުން ނައްތާލި މަސްތުވާތަކެތި

އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެދަށުގައިހުރި 232 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފިއެވެ.

ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން 2018 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި  ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެއްޗެވެ.

ފުލުހުން ނައްތާލި މަސްތުވާތަކެތި

ފުލުހުން ބުނީ މިއަދު ނައްތާލާފައިވަނީ 1509 މައްސަލައާއި 659 އިންސިޑެންޓުގައި ހިމެނޭ 4405 އެވިޑެންސް ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ އެމްޑީއެމްއޭ 1495.97 ގްރާމް، މެތް 37953.49 ގްރާމް، މޯފިން 90860.86 ގްރާމް، ކެނަބިނޯލް 30266.87 ގްރާމް، ކޮކެއިން 17830.90 ގްރާމް، އެލްއެސްޑީ 0.1142 ގްރާމްގެ އިތުރުން އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 54145.42 ގްރާމްގެ މަސްތުވާތަކެތި ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ނައްތާލި މަސްތުވާތަކެތި

އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނެނީ ސްޓިމިއުލަންޓާއި މަނާ ބޭހުގެ ގޮތުގައި ހިމެނޭ ތަކެއްޗެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *