ރަތްވިލާގޯޅީގައި ހުންނަ ވެގަ ޕޮއިންޓްގައި އަލިފާނުގެ ރޯވެ ފަތިހު އިވެންފެށި ގޮވާ އަޑުފައްގަނޑާއި އެކު ހީވީ ބާއީން އެރީ ކަމަށް އެސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.

ކަން ހިނގި ގޮތް ސާފުވާގޮތެއް ނުވިނަމަވެސް އޭނާ ބުނީ ގ. ޑިއާ ހައުސް ކުރިމަތީގައި ކަންމައްޗަށްވާ ގޮތަށް ހުރި ގޭގައި ދިރިއުޅޭ އަންހެނަކު ޖަޒީރާ އާއި ވާހަކަ ދައްކަމުން ބުނީ  ޕައްޕަށް ކިޔާފައި ގޮވާ އަޑު، ހީކުރީ ބާޣީން އެރީކަމަށެވެ.

ސުބުހަނަالله މިގެ ކުދިން ނިދާފަ ތިއްބާ އިވެންފެށީ ގޮވާ އަޑު. އަޅުގަނޑު ހީކުރީ ބާޣީން އެރީ ކަމަށް. މި ފިހާރައަކީ އަޅުގަނޑުމެން އެންމެ ކުޑަކުޑަ އިރުންސުރެ ދާ ފިހާރައެއް، މިތާ މިތް ކާރުގައި ރޯވިނަމަ އަޅުގަނޑުމެންގޭގައިވެސް ރޯވީސް. އަޅުގަނޑުމެން ތިބީ އެ ކާރުގައި ރޯވެދަަނެތީ ބިރުން. ނަސީބަކުން މިގޭ ކުދިންގެ ސައިކަލްތަށް އޭރު މީހުން ދުރަށް ޖައްސައިދީފި.”

އޭނާ ބުނީ ގެއިން ނިކުތް އިރު ސައިކަލްތައް ދުރަށް ޖައްސަން އުޅުނު އެކަކު، ފިހާރައިގެ ބިއްލޫރިތަށް ގޮވައިގެން ބުރައިގެން ދިއުމުން އޭނާ އޮތީ މަގުމަތީގައި ވެއްޓިފައި ކަމަށެވެ.

އަލިފާންރޯވި ސަރަހައްދުގައި އޮތް ކާރު

ފިހާރަކުރިމަތީގައި ހުރި ސައިކަލްތައް އަނދާ ހުލިވެފައިވާއިރު އެ ސަރަހައްދުގައި ދިރިއުޅޭ އެހެން އަންހެނަކު ބުނީ އޭނާވެސް ހުރީ ކާރު ގޮވާފާނެތީ ހުރީ ވަރަށް ބިރުން ކަމަށެވެ.

ސައިކަލް ގޮވަނީ. ވަރަށް ބިރުވެރި. މި ކާރުގައި ރަޮވި ނަމަ މިތަނުން ހަތަރުގެ ދިޔައިސް.”

ނޮވެމްބަރު 3 އައި އިރުވެސް އެ ފިހާރަ ހުރި ކަމަށާއި އެއީ ވަރަށް ޒަމާންވީ އިމާރާތެއް ކަމަށް އެ ސަރަހައްދުގައި ތިބި މީހުން ޖަޒީރާއަށް ކިޔައިދިނެވެ.

ފިހާރައާއި ޖެހިގެން ހުރި ޑިއާހައުސް އިމާރާތާއި ފިހަރައިގެ ބިއްދޮށުގައި ހުރި ހިމަ ގޯޅުގަނޑު ތެރެއިން ދުންތަކުގެ ތެރެއިން ދަރިންތައް ގޮވައިގެން މީހުން ސަލާމާތްވާން ނިކުމެގެން ދިޔަ މަންޒަރުވެސް އެ ސަރަހައްދުގައި ތިބި މީހުންނަށް ފެނުނެވެ.

އަލިފާންގަނޑު ތެރެއިން ނިކުމެގެން ދިޔައީ. ވަރަށް ބިރުވެރި.”

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *