ރަތްވިލާގޯޅީގައި ހުންނަ "ވެގަ ޕޮއިންޓް" ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ހަރަކާތްތެރިވަމުން އެބަދެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެފްއާރުއެސްއަށް ލިބިފައިވަނީ  ފަތިހު 04:37 ހާއިރެވެ.

މިޙާދިސާގައި މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައެއްނުވެއެވެ.

މިހާރު އަލިފާން ކޮންޓްރޯލް ކުރެވިފައި ވާކަަމަށް 5:45 ހާއިރު އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.   އެމްއެންޑީއެފުން ބުނީ އެއްކޮށް އަދި ނިއްވާނުލެވޭކަމަށެވެ.

ރަތްވިލާގޯޅީގައި ހުރި ވެގަ ޕޮއިނޓް ފިހާރައިގައި އަލިފާން ރޯވެ އަނދާފައި - ފޮޓޯ: އެމްއެންޑީއެފް

ރޯވެފައިވަނީ އޮޓޯގަރާޖުގައި ހުންނަ ދެބުރި އިމާރާތެއްގައެވެ. އެ އިމާރާތަށް ބޮޑު ގެއްލުމެއް ވެފައިވާއިރު ފުރާޅުގައިވާ ޓިނުތައްވެސް ވަނީ ފައިބާފައެވެ. އެ ފިހާރައިގައި ހުރި މުދާތައް އަނދައިގެން ގޮސްފައިވާއިރު ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި ސާފެއް ނުވެއެވެ.

އެ ފިހާރަ ހިންގާތާ 39 ވަރަކަށް އަހަރުވެދާނެއެވެ. އަލިފާންރޯވި ގޮތެއް އަދި މިހާތަނަށް ސާފެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *