ގުޅީފަޅުން ގޯތި ލިބުނު ފަރާތަކާއި ގޯތި ހަވާލު ކުރުމަށް، އިން ވަކިކޮށްފައިވާ ބަންޑާރަ ގޯތިތަކެއް - ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ގުޅީފަޅު ހިއްކި ބިމުން ފުރަތަމަ ދޫކުރާ ބަނޑާރަ ގޯތި ލިބޭ މީހުންނާއި ގޯތި ހަވާލުކުރަން ފަށައިފިއެވެ.

ގޯތި ލިބޭ މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމަށްފަހު ޕްލޭނިން މިނިސްޓްރީން ގެންދަނީ މިހާރު ހިއްކާފައިހުރި ބިންތަކުން ދޫކުރާ ގޯތިތައް ގުރުއަތުން ދިމާވި ފަރާތްތަކާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޮގަސްޓްމަހުން ފެށިިގެން ގޯތީގެ ރަޖިސްޓްރީއާއި އިންވަކިކޮށް ރޯނުދަމާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާއި އެއްގޮތަށް ޕްލޭނިންގ މިނިސްޓްރީން އަންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި ގުޅީފަޅުން ގޯތި ދޫކުރަމުންނެވެ.

ގުޅީފަޅުން ގޯތި ލިބުނު ފަރާތަކާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ބިން ހަވާލުކޮށްދެއްވަނީ

ސަރުކާރުގެ އަމާޒަކީ ހުޅުމާލެ ފޭސް 3 އަދި ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް ނޮވެމްބަރު 5 ގެ ނިޔަލަށް ބިން ހިއްކާ ގޯތީގެ ރަޖިސްޓްރީއާއި އެކު ބިންތައްވެސް ހަވާލުކުރުމެވެ. ގުޅީފަޅުން މިހާރުވެސް ހަތަރު ސަތޭކައެއްހާ ގޯތި ކެނޑޭ މިންވަރަށް ބިން އެބައޮތެވެ. މިއަދު ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޝުއޫރުތައް ހުރީ އުފަލުން އަދި ޝުކުރުން ފުރިފައެވެ.

ގުޅީފަޅު

ސަރުކާރުން ހިންގާ "ބިންވެރިޔާ" ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން މާލޭގެ ރައްޔިތުންނަށް ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ، ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅު ހިމެނޭހެން 6،200 ގޯއްޗެވެ.

ގުޅީފަޅާއި ހުޅުމާލެ ފޭސް 3 އަދި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާ ދެ ކުންފުންޏަކީ ބިން ހިއްކުމުގެ ތަޖްރިބާ ހުރި މަޝްހޫރު ދެ ކުންފުނި ކަމަށްވާ، ނެދަލެންޑްސްގެ ބޮސްކާލިސް އާއި އިނގިރޭސިވިލާތުގެ ސީއެމްސީ އާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *