މިހާރުވެސް 130،000 ވޯޓު ކަށަވަރު ކުރެވިފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "އުފާވެރި އަމާން ރާއްޖެ" ކެންޕެއިނަށް މިއަދު ރ. އަނގޮޅިތީމަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ވަޑައިގެންނެވި ކޮންމެ ރަށަކުންވެސް ފެނިގެންދަނީ އަނިޔާވެރިކަމާއި ބިރުވެރިކަމަށް އަނބުރާ ދާން ބޭނުންނުވާ މަންޒަރުކަމަށާއި، ތަރައްޤީގެ މަގުން ރައްޔިތުން ކުރިއަށް ދާން ބޭނުންވާ މަންޒަރު ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އަދާލަތު ޕާޓީ އާއި އެމްޑީއޭއާއި އެކު ހަދާފައިމިވާ ކޯލިޝަނަކީ އެންމެ މެންބަރުން ގިނަ ކޯލިޝަން ކަމަށެވެ. ރައީސް ވިދާޅުވީ ކޯލިޝަނަކާއިއެކު ސަރުކާރު ހިންގާއިރު ޚިޔާލު ތަފާތުވުންތައް ހުރި ނަމަވެސް، ޤައުމަށް ފައިދާވާނީ އެކި ޚިޔާލުތަކާއިއެކު ކުރިއަށް ދިޔުމުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *