އިތުރު ދައުރަކަށް އިންތިހާބުވެއްޖެނަމަ، ރ.ވާދޫ ބިން  ހިއްކައިދީ، ގޮނޑުދޮށް ހިމާޔަތްކޮށްދެއްވާނެ ކަމަށް  ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ، އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ރ. ވާދޫއަށް ވަޑައިގެން ބޭއްވެވި ބަނދަރު ބައްލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަންނަ ދައުރެއްގައި ވާދޫއަށް ކޮށްދެއްވުމަށް ރައީސް  ވައުދުވެވަޑައިގެންނެވި ކަންކަމުގެ ތެރޭގައި ވާދޫގެ ބިން ހިއްކުމާއި، މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، އަދި ސްކޫލަށް ބޭނުންވެފައިވާ ކޮމްޕިއުޓަރ ލެބާއި މަލްޓިޕަރޕަސް ހޯލު އިމާރާތްކުރުމާއި ސްކޫލަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުން ހިމެނެއެވެ.

ރައީސް ވިދާޅުވީ ވާދޫ ރައްޔިތުން ބޯހިޔާވަހިކަމަށް އެދެނީ ގޯތިކަމަށެވެ. އެކަމާ ގުޅިގެން, ޕްލޭނިންގ މިނިސްޓްރީއަށް ހުށަހަޅާފައިވާ ލޭންޑް ޔޫސް ޕްލޭން ފާސްކޮށްފައިވާ ކަމަށެވެ. އަދި ގޯތި ދިނުމުގައި ކައުންސިލަށް މިހާރު ދައްޗެއް ނެތްކަމަށާއި، އެމަނިކުފާނު އެދިވަޑައިގަންނަވަނީ އަދި އިލްތިމާސްކުރައްވަނީ ވެސް ކައުންސިލުން ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ބޭނުންވާ ގޯތި ދިނުމަށް ކަމަށެވެ.

މީގެ އިތުރުން ރަށުގެ ރައްޔިތުން އެއްވެ ބައްދަލުވުން ބާއްވައި ހަފްލާތައް ބާއްވަން ކޮމިއުނިޓީ ސެންޓަރެއް އަޅުއްވައިދެއްވާނެ ކަމަށާއި، ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވާދޫޫގައި ވެލްނެސް ސެންޓަރެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، 60 އެނދުގެ ހޮޓަލެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *