ކުރިއަށް އޮތް ދައުރުގައި ރައްޔިތުން ބޭނުންވާ ބަދަލު އަނގޮޅިތީމުގެ ބަނދަރަށް ގެނެސްދެއްވާ ޓީ ޖެޓީއަކާއިއެކު ތަރައްޤީކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެންޕެއިނަށް ރައީސް މިހާރު އަތޮޅުތެރެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ރ. އަނގޮޅިތީމަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބަނދަރަށް ގެންނަ ބަދަލާއިއެކު، ރަށު ރައްޔިތުން މޫދަށް އެރޭ ސަރަޙައްދެއްވެސް ތަރައްޤީކޮށްދެއްވާނެ ކަމަށެވެ.

އަދި މީގެ އިތުރުން ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކޮށްދެއްވާނެ ކަމަށާއި، ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގެ ވަށައިގެން ދުއްވޭނެ ގޮތަށް މަގެއް ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަނގޮޅިތީމަށް ރަށު ކައުންސިލަށް ޑަބްލިއުޑީސީއަށް ބޭނުންވެފައިވާ، އައު އޮފީސް އިމާރާތެއް ކުރިއަށް އޮތް ދައުރުގައި އަޅައިދެއްވާނެ ކަމަށާއި، ޒުވާނުންނަށް ބޭނުންވާ ހޭންޑްބޯލް ކޯޓް އަޅައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުން ބޭނުންވާގޮތަށް އަނގޮޅިތީމުގައި ފުލުހުންގެ ޚިދުމަތް ތަޢާރަފުކޮށް، ޕޮލިސް ޕޯސްޓެއް އެ ރަށުގައި ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *