ރ. ރަސްގެތީމުގެ ބަނދަރާއި ފެނަކަ އޮފީސް ރައީސް ހުޅުއްވައިދެއްވައިފި އެވެ.

ރައީސް މިއަދު ރަސްގެތީމަށް ވަޑައިގެން ވަނީ އެރަށުގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން ވެސް ފާހަގަކޮށްދެއްވާފައެވެ.

ރައީސް މިއަދު ހުޅުއްވައިދެއްވީ ރަސްގެތީމު ޖެޓީ އަދި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކޮށްފައި ވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. ރަސްގެތީމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރާއި ނެރު ފުންކުރުމާއި ބޮޑު ހިލަ ބޭނުންކޮށްގެން 359 މީޓަރުގެ ތޮށި ޖެހުމާއި، 140 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 272 މީޓަރުގެ އެއްގަމުން ތޮށި ލުމާ އަދި ބަނދަރާ ގުޅޭ އިތުރު މަސައްކަތްތައް ވަނީ ކޮށްފައެވެ.

ރަސްގެތީމުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ތްރީ ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗާއާ ހަވާލުކޮށްގެންނެވެ. ރައީސް މިއަދު ހުޅުއްވައިދެއްވި ރަސްގެތީމު ފެނަކަ އޮފީސް އިމާރާތަކީ ކުރިޔަށްވުރެ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަޞީލަތްތަކާއެކު އިމާރާތްކޮށްފައިވާ ތަނެކެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *