ކަރީނާ ކަޕޫރާއި ވިޖޭ ވަރްމާގެ ނެޓްފްލިކްސް ސީރީސް ޖާނެޖާންގެ ޓްރެއިލާ ދައްކާލައިފިއެވެ.

ސުޖޯއީ ޖޯޝް ޑައިރެކްޓްކުރާ މި ކްރައިމް-ތްރިލާ ފިލްމަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ބެލުންތެރިންގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބެމުންދިޔަ ފިލްމެކެވެ. ފިިލްމްގެ ޓްރެއިލާ ދައްކާލުމާއެކު ސޯޝަލް މީޑިއާގައި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އަދި ގިނަ ބަޔަކުވަނީ މި ފިލްމަށް ތަފާތު ހިޔާލުތައް ދަނީ ފާޅުކުރަމުންނެވެ.

އިއްޔެ ރިލީޒް ކޮށްފައިވާ ޓްރެއިލާއަކީ 2 މިނެޓާ 19 ސިކުންތު ދިގު ޓްރެއިލާއެކެވެ. މި ޓްރެއިލާ އިން ފެނިގެންދަނީ އެކަނިވެރި މަންމައަކާއި ސްކޫލް ޓީޗަރަކާއި އަދި ފުލުހެއްގެ ކޮމްޕްލެކްސް ދިރިއުޅުމެއްގެ ތެރެއިން ގޮތްނޭނގޭ މީހެއްގެ މަރަކާއި އެންމެން ކުރިމަތިލައިގެން އުޅޭ މަންޒަރެކެވެ.

މި ފިލްމް ނެޓްފްލިކްސްއަށް ނެރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 21 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *