ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް - ފޮޓޯ: ޕީޖީ

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުށުގެ ރެކޯޑު ސާފުކުރުމަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، އޮންލައިން ޚިދުމަތްތައް މެދުވެރިކޮށް، ކުށުގެ ރެކޯޑު ސާފުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ޕީޖީ އޮފިހުން ބުނީ މި ޚިދުމަތް ހޯދުމަށްތަކައި، ފޯނުންނާއި، އީފާސް މޯބައިލް އެޕް މެދުވެރިކޮށާއި، ނުވަތަ ޕީޖީގެ ރަސްމީ ޕޯޓަލް އިން އީފާސް މެދުވެރިކޮށް ވަދުމަށްފަހު، ކުށުގެ ރެކޯޑު މެނޫއިން ބޭނުންކުރެވޭނެކަމަށެވެ.

މީގެ އިތުރުން އެ އިދާރާއިން ބުނީ ރެކޯޑަށް އެދިވަޑައިގަންނަވާތާ ގިނަވެގެން މަސައްކަތު އެއް ދުވަހުގެ ތެރޭގައި ޖަވާބު، އޮންލައިން ޕޯޓަލަށް އަޕްލޯޑު ކޮށްދޭނަމަށެވެ. އެއީ ފޯނުންވެސް، އެ މަޢުލޫމާތު ވަގުތުން ފަސޭހަކަމާއި އެކު ލިބޭނެ ގޮތް ހޯދައިދިނުމަށްކަމަށް ޕިޖީ އޮފީހުން ހާމަކުރެއެވެ. އަދި ލިޔުން ޕްރިންޓްކޮށް އެ ލުޔުމަކީ ޕީޖީ އޮފީހުން ދިން ލިޔުމެއްކަން އެނގޭނެ ވެރިފިކޭޝަން ކޯޑެއް އެލިޔުމުގައި އޮންނާނެކަންވެސް ބުނެއެވެ.

އަދި އީމެއިލް މެދުވެރިކޮށް ކުށުގެ ރެކޯޑު ސާފުކުރައްވަން ބޭނުންވާ ބޭފުޅުންނަށް [email protected] އަށް އީމެއިލް ކުރެއްވުމުން، މަސައްކަތް 2 ދުވަހުގެ ތެރޭގައި، ކުށުގެ ރެކޯޑު ސާފުކުރުމަށްފަހު، ޖަވާބު އީމެއިލަށް ފޮނުވައިދޭނެކަންވެސް ވަނީ އެ އޮފީހުން ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *