ހދ. ނެއްލައިދޫގައި ޖާގަ ތަނަވަސް އައު އިންޖީނު ގެއެއް ހުޅުވައިފިއެވެ.

އެރަށަށް ކުރެއްވި ރިޔާސީ ކެމްޕޭން ދަތުރު ފުޅުގައި މިއިންޖީނުގެ ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ނެއްލައިދޫގައި ކުރިން ހުރި އިންޖީނުގެއަކީ 22 އަހަރު ވެފައިވާ ބޮޑުމިނުގައި 3240 އަކަފޫޓު ހުންނަ އިމާރާތެކެވެ. ނަމަވެސް ފެނަކައިން އިމާރާތްކޮށްފައިވާ އައު އިންޖީނުގެއަކީ ބޮޑުމިނުގައި 4234.5 އަކަ ފޫޓު ހުންނަ ތަނެކެވެ.

ނެއްލައިދޫގެ ބާ އިްނޖީނުގޭގައި ހުންނަނީ ހަމައެކަނި ކޮންޓްރޯލްރޫމަކާއި ޑެގްރޫމެކެވެ. ނަމަވެސް އައު އިންޖީނުގޭ އިމާރާތުގައި ކޮންޓްރޯލް ރޫމަކާއި، އިންޖީން ރޫމަކާއި، ޗިމްނީ ސްޓޯރަކާއި، ޕްޭންޓްރީ، ފާހަނަ އަދި ވޯކްޝޮޕެއްވެސް ހުރެއެވެ.

މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަ ބާ އިނޖީނުގޭގައި 240 ކިލޯ ވޮޓް ޖަނެރޭޓަރުތައް ހުންނައިރު އައު އިނޖީނުގެއަކީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތްކޮށްފައިވާ 980 ކިލޯ ވޮޓްގެ ޖަނެރޭޓަރުތައް ބެހެއްޓިފައިވާ ހުންނަ ތަނެކެވެ.

ނެއްލައިދޫގެ މި އިންޖީނުގެއާއި އެކު މިއީ ފެނަކައިން އިމާރާތްކުރެވުނު 32 ވަނަ އިންޖީނުގެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *