ފ.ނިލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް ހައުސިނގް ގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއަކީ 61.7 މިލިއަން ރުފިޔާގެ 510 ދުވަސް ތެރޭ ނިންމަން ހަމަޖެހިފައިވާ މަސައްކަތެކެވެ.

މިމަޝްރޫގެ ދަށުން 55،141 ކިއުބިކް މިޓަރުގެ ސަރަހައްދެއްގެ ހާބާ ބޭސިން ފުންކުރުމާއި، 6933 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 261 މީޓަރުގެ ބޭރުތޮށިލުމާއި، 75 މީޓަރު ސަރަހައްދެއްގެ ރިވެޓްމެންޓް ޖެހުމާއި، 194 މީޓަރު ސަރަހައްދެއްގެ ބޭރު ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއް ލުމާއި، 188 މީޓަރު ސަރަހައްދެއްގެ އެތެރޭ ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރު ތޮށްޓެއްލުމާއި، 237 މީޓަރު ސަރަހައްދެއްގެ އެއްގަމު ތޮށިލުމާއި، މޫރިންގް ބޯއީސް ހަރުކުރުން ހިމެނެއެވެ.

މީގެ އތުރުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 100 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރިތް ޖެޓީއެއް ހެދުމާއި، 18 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، 1151 އަކަމީޓަރުގެ ޕޭވްމެންޓްއެއް ހެދުމާއި، 204 މީޓަރުގެ ކަރބް ސްޓޯން ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގައި ހިމެނެއެވެ.

2300 މީހުންގެ އާބާދީގެ ފ.ނިލަންދޫއަކީ ގުދުރަތީ ބޮޑު ފަޅަކާއި ވިލެއްގެ އިތުރުން ހިތްގައިމު ތުނޑިއެއްވެސް އޮންނަ ރަށެކެވެ. މިރަށުގެ އިގްތިސޯދު ކުރިއެރުވުމަށް ރަށަށް މިވަގުތު އެންމެ ބޭނުންވެފަިވާ އެންމެ މުހިއްމު އެއް ވަސީލަތަކީ ޖާގަ ތަނަވަސް ފެންވަރު ރަނގަޅު ޒަމާނީ ބަނދަރެއް އޮތުންކަމުގައި ރަށުގެ ރައްޔިތުންދެކެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *