ގއ ގެމަނަފުއްޓާއި ހއ މާރަންދޫ ބަނދަރު ތަރައްގީކުރުން އެމްޓީސީސީއަށް ހަވާލުކޮށްފިއެވެ.

މި މަޝްރޫއުތައް ހަވާލުކުރުމަށް ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ.

މާރަންދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން، ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއ،ި އާ ހާބަރ ބޭސިން ފުންކުރުމާއ،ި ނެރު ފުންކުރުމާއ،ި ރިވެޓްމެންޓް ޖެހުމާއ،ި ބޭރުތޮށި ލުމާއ،ި ގްރޮއިން ޖެހުމާއ،ި އެއްގަމުތޮށި ލައި މަރާމާތު ކޮށް، ފުޅާ ރޭމްޕެއް ހެދުމާއ،ި ޖެޓީއެއް ހެދުން އަދި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތެވެ.

ގެމަނަފުށީ ބަނދަރު ތަރަށްގިކުރުމުގެ ދަށުން، ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއ،ި ބޭސިން ފުންކުރުމާއ،ި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއ،ި ބޭރުތޮށި ލުމާއ،ި ބޭރުތޮށީ ރިވެޓްމެންޓް ޖެހުމާއ،ި އެއްގަމުތޮށި ލުމާއ،ި ޕޭވްމަންޓް ހެދުން އަދި ބްރިޖެއް ހެދުމުގެ އިތުރުން ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.

މީގެ އތުރުން މާރެންދޫ ޕްރޮޖެކްޓް 480 ދުވަހުގެ ތެރޭގައި ނިމޭނެކަމަށް އެމްޓީސީސީން ބުނެފައިވާއިރު ގެމަަނަފުށީގެ މަޝްރޫއު ނިމޭނެކަމަށް އެ ކުންފުނިން ބުނެފައިވަނީ 570 ދުވަހުގެ ތެރޭގައެވެ.

އެމްޓީސީސީގެ މިމަޝްރޫއަކީ މާރަންދޫއަށް 480 މިލިއަން ރުފިޔާ ހަރަދުވާ މަސައްކަތަކަށްވާއިރު ގެމަނަފުށީގެ ޕްރޮޖެކްޓަށް ހަރަދުވާނީ 70.16 މިލިއަން ރުފިޔާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *