ޗައިނާ ފަތުރުވެރިން އެކި ގައުމުތަކުގައި

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖެއަށް ހަތަރު ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖެއަށް 405،679 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު 6 އިންސައްތައިގެ އިތުރު އަދަދެކެވެ.

މިދިޔަ ދެވަނަ ކުއާޓަރުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަިއފައިވައިވަނީ ޗައިނާއިންނެވެ. ޗައިނާ އަކީ 2019 ވަނަ އަހަރާއި ހަމައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި މާކެޓެވެ. ކޮވިޑްގެ ކުރިން، 2019 ވަނަ އަހަރު ޗައިނާއިން 284،029 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ އެ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 16.7 ޕަސެންޓު ހިއްސާއެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޗައިނާއިން 45،736 ފަތުރުވެރިން ވަނީ އައިސްފައެވެ.

ދެވަނައަށް މި ކުއާޓަރުގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިން އިންނެވެ. އެގައުމުން  43،761 ފަތުރުވެރިން އައިސްފައިވާއިރު މިއީ 48 އިންސައްތައިގެ ކުރިއެރުމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *