ޚަބަރު
ތަރައްގީގެ މަސައްކަތުގައި އެންމެ ދުވަހެއް ވެސް ބޭކާރުވާން ނޭދެން: ރައީސް

ތަރައްގީގެ މަގުގައި ކުރާ މަސައްކަތުގައި އެންމެ ދުވަހެއް ވެސް ބޭކާރުވާން ނޭދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާއަށް ކުރިމަތިލައްވަވާ ޕީއެންސީގެ ކެންޑިޑޭޓް އަލީ މޫސާގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ރައީސް އިތުރަށް ވިދާޅުވިގޮތުގައި އެމަނިކުފާނުގެ ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރުމަށްޓަކައި މަޖިލީހުގެ އެއްބާރުލުން މުހިންމު ކަމަށެވެ. އަދި އިދިކޮޅުގެ ކެންޑިޑޭޓުން މަޖިލީސް ތެރެއިން ނިންމަން ޖެހޭ ކަންތައްތައް ނިންމުމުގައި ދަތިތަކެއް ކުރިމަތި ކުރުން އެކަށީގެންވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

“ބަޖެޓު ފާސްނުކޮށްދިނަސް އަޅުގަނޑުމެން ކޮންތާކަށްތޯ ދާނީ؟ ބަޖެޓު ފާސްނުކޮށްދިނީމަ، އެބޭފުޅުން ބޭނުންގޮތަކަށް މަސްހުނިކޮށްފައި ބަދަލުކޮށްފައި ފާސްކޮށްލީމަ އަޅުގަނޑުމެން ތިބޭނީ ތާށިވެފައި ނޫންތޯ؟ އަޅުގަނޑު ބޭނުމެއްނޫން އެކަން އެހެން ވާކަށް”

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއުއަކީ މުޅި ރާއްޖޭގެެ ފުދުންތެރިކަން އިތުރުކޮށްދޭނެ މަޝްރޫއުއެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް، މިފަދަ މަޝްރޫއުތަކަށް މަޖިލީހުން އެއްބާރުލުން ލިބިގަތުމަށްޓަކައި ސަރުކާރުގެ ކެންޑިޑޭޓް ހޮއްވަވައިދެއްވުމަށް ރައީސް އެދިވަޑައިގަތެވެެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top