މަތީ ޘާނަވީ ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން އެކި ދާއިރާތަކުގެ މަސައްކަތުގެ ހުނަރާއި ތަމްރީނު ދިނުމަށް، ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ޙާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

"ބިނާވެހި" މި ނަމުގައި މިއަދު ފެށި މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 11 ދާއިރާ އަކުން ދަރިވަރުން މަސައްކަތުގެ ހުނަރާއި ތަމްރީނު ފުރިހަމަ ކުރަމުން ގެންދާނެކަމަށް އާރްޑީސީ އިން ބުނެއެވެ.

މި ޕްރޮގްރާމްގައި ދަރިވަރުންނަށް ހަވާލު ކުރާ މަސައްކަތާއި ޒިންމާއަށް ބަލާލާއިރު ދަރިވަރުންނަށް ލިބިގެންދަނީ އެކުއްޖަކު އެޕްލައި ކުރާ ދާއިރާއެއްގެ މަސައްކަތެކެވެ. އެގޮތުން އެސިސްޓެންޓް އިންވެންޓްރީ އޮފިސަރަކަށް އެޕްލައި ކުރާނަމަ އެކުދިންގެ މަސައްކަތަކަށްވާނީ ސްޓޮކަށް ތަކެތި ރިކުއެސްޓް ކުރުން ފަދަ މަސައްކަތް ކަމަށް އާރްޑީސީ އިން ބުނެއެވެ. 6 މަސްދުވަހަށް ކުރިއަށް ގެންދާ މި އިންޓާންޝިޕް ޕްރޮގްރާމްގައި ކޮންމެ ކުއްޖަކަށްވެސް 5000 ރުފިޔާ ލިބިގެންދާނެކަމަށް އާރްޑީސީ އިން ބުނެއެވެ.

އާރްޑީސީން ބުނީ މި ޕްރޮގްރާމްގެ މަގްސަދަކީ ހާއްސަކޮށް ފްރެޝް ގްރެޖުއޭޓުންނަށް ވަޒީފާގެ މާހައުލުގައި އެ ދަރިވަރެއް ކިޔަވާ ދާއިރާއަކުން ކިޔަވަމުން ތަޖުރިބާ ހޯދުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއްކަމަށެވެ.

އަދި ކޮލެޖްތަކަށް ހާޒިރުނުވާ، ވަޒީފާގެ މާހައުލަށް ނިކުންނަން ބޭނުންވާ ދަރިވަރުންނަށް ވެސް ތަޖުރިބާ ހޯދަން ލިބޭނެ ފަހި ފުރުސަތެއްކަމަށެވެ.

މިޕްރޮގްރާމް ރާވާ ހިންގާނެ އެންމެ މުހިންމު 4 ފާރާތެއްގެ ގޮތުގައި ޕްރޮގްރާމް ކޯޑިނޭޓާ، ޓިއުޓާ، ސުޕަވައިޒާ އަދި މެންޓާއެއް ކަނޑައަޅާފައިވާއިރު، މި ޕްރޮގްރާމް ސްޓްރަކްޗާ ކުރެވިފައިވަނީ މި ބޭފުޅުންގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށް އާރްޑީސީ އިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *