ށ.މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށައިފިއެވެ.

އާރްޑީސީން ބުނީ، މަޝްރޫއުގެ ދަށުން އެރަށު ދުނބުރިމަގާއި ކަލާފާނު ހިނގުމާއި ރޯޝަނީމަގުގެ އިތުރުން ހުރަވީމަގު 1 ގައި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އަޅުމުގެ މަސައްކަތްވަނީ ނިމިފައި ކަމަށެވެ. އަދި ޣާޒީމަގުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ދަށުން މިލަންދޫގެ 8 މަގެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެއެވެ. އަދި މަޝްރޫއަށް 156.4 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *