ކަޒްކްސްތާން ގެ މަޝްހޫރު ބްލޮގަރުންތަކެއް ރާއްޖެ އިޝްތިރާރު ކޮށްފިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިން މައުލޫމާތު ދޭގޮތުގައި އެމްއެމްޕީއާރުސީން ކަޒަކިސްތާނުގެ މަޝްހޫރު ބްލޮގަރުން ރާއްޖެ ގެނެސް އެމީހުން މެދުވެރިކޮށް ރާއްޖެ އިޝްތިހާރުމުގެ މި ހަރަކާތަކީ ސީއައިއެސް މާކެޓަށް ކަނޑައަޅާފައިވާ މާކެޓިން ސްޓްރެޓެޖީގެ ދަށުން ރާއްޖޭގެ ތަފާތު ތަޖުރިބާތައް އެ ސަރަހައްދުގެ ފަތުރުވެރިންނަށް ދައްކާލުމަށް މަގުފަހިކޮށްދުނިނުން ކަމަށެވެ.ަ

މިމީހުން ރާއްޖެއަށް އޮގަސްޓް މަހު އައިސްފައިވާއިރު، މި ގްރޫޕްގައި ހިމެނެނީ ކަޒަކިސްތާނުގެ 5 ބްލޮގަރުންނެވެ. އަދި މި ބޮލޮގަރުން ރާއްޖޭގައި ތިބޯ އެއް ހަފްތާގެ މުއްދަތަކަށެވެ.

އެ ޓީމުން ވަނީ ރާއްޖޭގެ ތަފާތު ތަޖުރިބާތަކާއި، އުފެއްދުންތަކާއި މަޝްހޫރު ޚިދުމަތްތައް ބަލާލާފައެވެ. މި 5 ބްލޮގަރުން ވަނީ ސޯޝަލް މީޑީއާ ޕްލެޓްފޯމްތަކުގައި ރާއްޖޭގެ ރީތިކަމާއި ރާއްޖެއިން ފަތުރުވެރިންނަށް ލިބެންހުރި ތަޖުރިބާތައް އިންސްޓްގްރާމް އާއި ޓިކްޓޮކް ފަދަ ޗެނަލްތަކުގައި ދައްކައި ޕްރޮމޯޓް ކޮށްފައިކަން އެމްއެމްޕީއާރްސި އިން ބުނެއެވެ.

މި ޓީމުގައި ހިމެނޭ ބްލޮގަރުންގެ ޕްލެޓްފޯމްތަކުގައި ތިބި ފޮލޯވަރުންގެ އަދަދަށް ބަލާއިރ،ު މި ދަތުރުގައި އުފައްދ،ާ ޕޯސްޓްކުރާ ކޮންޓެންޓް މެދުވެރިކޮށް ރާއްޖެ ވަރަށް ގިނަ މީހުންނަށް އިޝްތިހާރުވެގެންދާނެކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ. ކޮންމެ ކޮންޓެންޓް ކްރިއޭޓަރަކު ވެސް ކޮންޓެންޓް އުފައްދާފައިވަނީ އެ މީހެއްގެ އަމިއްލަ ތަޖުރިބާ އާއި އިހުސާސްތަކުގެ މައްޗަށް ކަމަށް ވުމާއެކު ތަފާތު ގިނަ ކޮންޓެންޓް މި ދަތުރުގައި އެ ފަރާތްތަކުން ދައްކާލައިފައިވާކަމަށްވެސް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

ކަޒަކްސްތާނުގެ މާކެޓުން 2022 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ކޮވިޑް19 ގެ ކުރިން އެ މާކެޓުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް ވުރެ އިތުރުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *