ންޑިއާގެ އެހީގައި ރާއްޖޭގައި އިތުރު 3 މަޝްރޫއެއް ހިންގަން ހަމަޖެހިފައިވާކަން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ހާމަކުރައްވައިފިއެވެ.
މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފ. ދަރަނބޫދޫގައި ވޮލީ ކޯޓެއް ތަރައްޤީކުރުމާއި އެ އަތޮޅު ނިލަންދޫގައި ކުޑަކުދިންގެ ޕާކާއި އައުޓްޑޯ ޖިމެއް ހެދުމުގެ އިތުރަށް ހއ. ތުރާކުނުގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ހެދުމަށް އިންޑިއާގެ އެހީ ހަމަޖެހިފައިވާ ކަމަށެވެ.
އަދި އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓު (އެޗްއައިސީޑީޕީ)ގެ އިތުރު 3 މަޝްރޫޢުއެއް ރާއްޖޭގައި ހިންގަން ނިންމާފައިވާތީ އެކަމާ އުފާކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
Happy to note that three additional projects have been approved by the Government of #India under the HICDP grant scheme:
1.Development of Volley Court in F. Dharanboodhoo
2.Development of Children’s Park and Outdoor Gym in F. Nilandhoo
3.Development of Youth and Community…— Abdulla Shahid (@abdulla_shahid) August 31, 2023
މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުތަކުގެ ސަބަބުން އެ ރަށްރަށުގެ އިޖްތިމާއީ އިގުތިސާދީ ތަރައްގީ އަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.