އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަވީރު ވަނީ އެމަކުފާނުގެ އުފަން ރަށް، ޅ.ހިންނަވަރަށް ވަޑައިގެންފައެވެ.
އެމަނކުފާނު ހިންނަވަރަށް ވަޑައިގެންނެވުމުން އެރަށުގެ ކުދިބޮޑު އެންމެނާ އެމަނުކުފާނުގެ އާއިލީ ބެފުޅުން ވަނީ ފާލަން ސަރަހައްދަށް ނިކުމެ ހޫނު މަރުޚަބާއެއް އެމަނިކުފާނަށް ކިޔާފައެވެ.
ހިންނަވަރުގެ ރައްޔިތުން ވަނީ އެރަށުން "އިބޫ ނޫން ޗޮއިސް" އެއް ނެތްކަން ދައްކާލާފައެވެ. އެންމެން އެއް އަޑަކުން ގޮވަމުން ދިޔައީ "ރައީސް އިބޫ އެއްބުރުން" އެވެ.
ހިންނަބަރުގެ 90 އިންސައްތަ އާބާދި ރައީސް ސޯލިހަށް މަރުޚަބާ ކިޔުމަށް ޖެޓީ ކަރީގައި ސަފު ދަމާލާފައި ތިބިއިރު، އެރައްޔިތުންނާ ސަލާންކުރެއްވުމަށް އެމަނިކުފާނު ވަނީ ގާތްގަނޑަކަށް 45 ވަރަކަށް މިނިޓް ހޭދަކުރައްވާފައެވެ.
ރައީސް ސޯލިހަކީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން 25 އަހަރު ވަންދެން، ހިންނަވަރު ދާއިރާގެ މަޖިލިސް މެންބަރުކަން ކުރެއްވި ބޭފުޅެކެވެ.