ހަގީގީ ލީޑަރުންނަކީ ތަފާތު ވިސްނުމުގެ މީހުންނާއިއެކު ކަންކަން ހާސިލްކުރަން މަސައްކަތްކުރާ މީހުން ކަމަށަ ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީއާގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް ގދ. ތިނަދޫގައި ރޭ  ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ މަޝަހޫރު ނެޕޯލިއަން ހިލްް ލިޔުއްވާފައިވާފައިވާ ފަދައިން ހަގީގީ ލީޑަރަކީ ތިމާޔާ ތަފާތު ވިސްނުމެއްގައި ތިބޭ މީހުން ގޮވައިގެން ނިކުމެ މަތިވެގެންވާ އަމާޒްތަކާއި ބޮޑެތި މަގްސަދުތައް ހާސިލްކުރާ މީހެއްކަމަށެވެ.

އިމްރާން ވިދާޅުވީ ރައީސް ސޯލިހް ތިނަދޫއަށް ވަޑައިގަތީ މިއަދު ކުރިމަތިލައިވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ބޮޑު ކޯލިޝަންގެ ލީޑަރުގެ ގޮތުގައި ކަމަށާއި ރައީސް ވަނީ ވޭތުވެ ދިޔަ ދުވަސްތަކުގައި ސިޔާސީ ގޮތުން ރާއްޖެއާއި ވަކިން ހާއްސަކޮށް ތިނަދޫގައި ހުރި ބައެއް ކަހަލަ ހިޔާލު ތަފާތުވުންތައް އެއްކުރައްވާ މުޅިތިނަދޫ އެއްސިޓީއެއްގޮތުގައި ހައްދަވަން މަސައްކަތްކުރައްވާފަ ކަމަށެވެ.

މިއަދު ތިނަދޫ އޮތީ އެކަތި ގަނޑެއްގެ ގޮތުގައިކަމަށާއި، ތިނަދޫ އޮތީ ރާއްޖޭގެ ތަރައްގީއަށް ތައްޔާރަށް ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އެހެން ކަމުން ރައީސް އިބޫ ހޮއްވަވަން ތިނަދޫ ރައްޔިތުން ތިބީ ތައްޔާރަށް ކަމަށާއި ކާމިޔާބާއެކު ދަތުރު ކުރެވޭނެ ހަމައެކަނި ސިޔާސީ ލީޑަރަކީ ރައީސް ސޯލިހް ކަމަށް ގަބޫލުކުރައްވާކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *