ގދ. ތިނަދޫގެ ބަނދަރުމަތި --ފޮޓޯ: ވިފާގް

މިރޭ ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިރޭ ރައީސުލްޖުމްހޫރިއްޔާ ތިނަދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނިކޮށް އިއްޔެ ނޫސްވެރިއަކު ވަނީ ރައީސް ލ. އަތޮޅުގައި ހުންނަވަނިކޮށް އެކަމާއި ގުޅޭ ގޮތުން ރައީސް އާއި ސުވާލުކޮށްފައެވެ.

ރައީސް ވިދާޅުވެފައިވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ގަނޫނުގައިބުނާ ހުރިހާ ކަމެއް ފުރިހަމަވުމުން އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދެވޭނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަށް ލާމަރުކަޒީ ގާނޫނުގެ ދަށުން ފުރިހަމަވާން ޖެހޭ ޝަރުތުތައް ހުސްވެފައެވެ.

ތިނަދޫ އަކީ ހުވަދު އަތޮޅުގައި އެންމެ ފުރިހަމައަށް ވަސީލަތްތައް ގާއިމުކޮށްފައިވާ ހުވަދު އަތޮޅު ދެކުނުބުރީގެ އެންމެ އާބާދީ ބޮޑު ރަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *