ޖުޒާމް ބަލި ނައްތާލަން ރަށްރަށުގައި ޓެސްޓް ކުރަން ފަށައިފިއެވެ.

ރާއްޖޭގެ 100 ރަށެއްގައި ޖުޒާމް ބަލި އުޅޭތޯ ބެލުމަށް ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިވާއިރު މިއީ މުޅި ދުނިޔެއިން އެންމެ ފުރަތަމަ ޖުޒާމް ބަލި ނައްތާލާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށްޓަކައި ފަށާފައިވާ މަސައްކަތެއްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ބުނެއެވެ.

އެގޮތުން ބައްޔެއް ނައްތާލެވިފައިވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅަނީ، އެކަމަށްޓަކާ ހަދާ ދިރާސާތަކެއްގެ މައްޗަށް ބިނާކޮށެވެ.

އެޗް.ޕީ.އޭއިން މައުލޫމާތުދޭ ގޮތުގައި ސިއްޙީ ޚިދުމަތްތެރިންނަށް މިކަމާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދީ، ރަށްރަށުން ސްކްރީންކޮށް ބަލި ރާއްޖޭގައި އުޅޭތޯ ދެނެގަތުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި މިއަހަރުގެ ނިޔަލަށް މި 100 ރަށަކީ ލެޕްރަސީ ނެތް ރަށްތަކެއްގެ ގޮތަށް ހެދުމަށް ނުވަތަ ރާއްޖެ އަކީ "ޒީރޯ ލެޕްރަސީ" ގައުމެއްގޮތުގައި ހެދުމަށްޓަކައި މި މަޝްރޫއަކީ މިކަން ހާސިލްކުރުމަށް ކުރެވޭ ބޮޑު މަސައްކަތެއްކަމަށް އެ އެޖެންސީން ބުނެއެވެ.

މީގެ އތުރުން މި މަސައްކަތް އޮކްޓޯބަރުގެ ނިޔަލަށް ނިންމުމަށް އެޗް.ޕީ.އޭއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި މި ބަލީގެ ތާރީޚަށް ބަލާއިރު، ގިނަ ބަޔަކު މި ބަލި ތަޙައްމަލުކޮށްފައިވެއެވެ. ނަމަވެސް 1982 ވަނަ އަހަރު ލެޕްރަސީ ބައްޔަށް ބޭސް ދޭން ފެށުމާއެކު، މި ބަލި ޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް މަދުވިއެވެ.

މިހާރު ރާއްޖެއިން މިބަލީގައި ފެންނަނީ އަހަރަކު 7-10 ކޭސްކަމަށް އެޗް.ޕީ.އޭގެ ދިރާސާތަކުން ދައްކައެވެ. އެއީ ވަރަށް މަދު ރަށަކުންނެވެ. އެޗް.ޕީ.އޭއިން ވިދާޅުވީ މިއަހަރުގެ މިހާތަނަށް މީގެ އެއްވެސް ކޭސްއެއް ރާއްޖެއިން ފެނިފައި ނުވާކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *