ރ.އިނގުރައިދޫ މަގުހެމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން, އާރްޑީސީ އާއި މިއަދު ހަވާލުކޮށްފިއެވެ.

މަޝްރޫއުގެ އެއްބަސްވުމުގައި މިނިސޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިނގް އެންޑް އިންފްރާސްތްރަކްޗާ ގެ ފަރާތުން ސޮއި ކޮރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖާ ހަސަން ސައީދެވެ.

މިމަޝްރޫއުގެ ދަށުން 1.9 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމާއި، މަގުތަކުގައި މަގުބައްތި ހަރުކުރުން ހިމެނެއެވެ.

600 ދުވަހުގެ ތެރޭ މިމަސައްކަތް ނިންމަން އާރްޑިސީއަށް ހަވާލުކޮށްފައިވާއިރު މިމަޝްރޫއަކީ 6.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *