މަޑަގަސްކަރައިގައި ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެން ގޭމްސް (އައިއޯއައިޖީ 2023) ގައި ބައިވެރިވާ ދިވެހިރާއްޖޭގެ ގައުމީ އަންހެން ބެޓްމިންޓަން ޓީމުން، ޓީމު އިވެންޓަކުން މިއަދު ރިހި މެޑަލް ހޯދައިފިއެވެ.
މިއީދިވެހި ތާރީހުގައި ބެޑްމިންޓަން އަންހެން ޓީމު އިވެންޓަކުން ރާއްޖެއަށް ލިބުނު ފުރަތަމަ ރިހި މެޑަލެވެ.

ރާއްޖެއިން އައިއޯއަޖީގައި ބައިވެރިވާ ބެޓްމިންޓަން ކުޅުންތެރިން ވަނީ ފުރަތަމަ ފަހަރަށް ޓީމް އިވެންޓުން ތާރީހީ ރިހިމެޑަލް ހޯދާފަ
ރަންމެޑަލަކަށް އަމާޒު ހިފައިގެން މޮރިޝަސްއަށް ދިޔަ ގައުމީ އަންހެން ބެޑްމިންޓަން ޓީމަށް އެ ފުރުސަތު ގެއްލުނީ އިއްޔެ މޮރިޝަސް އަތުން 2-3 ގެ ނަތީޖާއަކުން ބަލިވުމުންނެވެ.
އެހެންނަމަވެސް މިއަދު މަޔޮޓް އާއި ދެކޮޅަށް ރާއްޖެއިން ކުޅެން ނިކުތީ ރިހިމެޑަލް ކާމިޔާބު ކުރުމުގެ ވަރުގަދަ އަޱުމާއި އެކުގައެވެ.
މިއަދު ސީފާ ފަސް ގޭމުންވެސް މަޔޮޓްގެ މައްޗަށް ކުރިހޯދީ ރާއްޖެއިން ނެވެ. މަޔޮޓް ބަލިކޮށް ރިހި މެޑަލް ކަށަވަރުކުރި ޓީމުން މިއަދުގެ ފުރަތަމަ މެޗަށް އެރީ ރާއްޖޭގެ ނަބާހާ އަބުދުއްރައްޒާޤެވެ. ފުރަތަމަ މެޗުގައި ނަބާ ކުޅެން އަރާ އޮޑްރޭ ބައިޝަސް ސީދާ ދެސެޓުން ބަލިކުރިއެވެ.
ދެވަނަ ގޭމްގައި ރާއްޖޭގެ އައިމިނަތު ނަބީހާ އަބުދުއްރައްޒާޤް ކުޅެން އެރީ މަޔޮޓްގެ މާގްއެރިޓާ ބެކްޑެލިވޭއާ ދެކޮޅަށެވެ. ދެ ސެޓުންވެސް ކުރި ހޯދީ ނަބީއެވެ.
ތިން ވަނަ ގޭމުގައި ކުޅެން އެރި ރާއްޖޭގެ އައިމިނަތު ޝަހުރުނާޒް މޫސާވެސް ވަނީ ސީދާ ދެ ސެޓުން މޮޅުވެފައެވެ.
ޑަބަލްސް ގޭމުގައި ނަބީ އާއި ނަބާ ވަނީ 6-21 އަދި 17-21 އިން ދެ ސެޓްވެސް ކާމިޔާބުކޮށްފައެވެ. ފަހު މެޗުގައި ރާއްޖޭން ނިކުތް ޕެއާ އަކީ ޝަހުރުނާޒް އާއި ޝުބާައެވެ. މި ގޭމު ރާއްޖެއަށް ލިބުނީ 21-10 އަދި 21-17 އިން ކުރި ހޯދައިގެންނެވެ.
2019 ގައި އައިއޯއަޖީގައި ރާއްޖޭގެ ކުޅުންތެރިންނަށް ބެޑްމިންޓަން ޓީމު އިވެންޓުން ލިބިފައިވަނީ ބްރޯންޒް މެޑަލެކެވެ.
އެހެންނަމަވެސް މި ފަހަރު މި ހޯދި ކާމިޔާބީއަކީ ފާއިތުވި 4 އަހަރު ކުޅުންތެރިން ކުރި ބުރަ މަސައްކަތް ކަން ފާހަގަކޮށް ކުރިން ލިބުނު ލޯ މެޑަލް މިފަހަރު ސިލްވަރ މެޑަލްއަކަށް ބަދަލުވެފައިވާކަން ފާހަގަ ކުރައްވާ ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފު ވަނީ ކުޅުންތެރިންނަށް މަރުހަބާ ދަންނަވާ ހިތްވަރު ދެއްވާފައެވެ.
މިތާރީޙީ ކާމިޔާބު ހޯދި ޓީމަށް އަދި އެސޯސިއޭޝަންގެ ރައީސް މޫސަ އަދި އެކްސްކޯ އަށް މަރުހަބާ.
ކުރިއަށް ހުރި އިވެންޓުތަކަށް ކާމިޔާބަށް އެދެން.
މިނިސްޓަރ ވިދާޅުވީ ކޮރެއާގެ މޮޅު ކޯޗަކާއިއެކު ތަމްރީނު ހަދަމުން، ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ބާއްވާ އަދި މީގެ އިތުރުން އަރުތަ ޕްރޮގްރާމްގެ ދަށުން ދިވެހި ގިނަ ކުޅުންތެރިން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކުގައި ވާދަކުރަމުންދާމިނިސްތަރ ވިދާޅުވީ ކޮރެއާގެ މޮޅު ކޯޗަކާއިއެކު ތަމްރީނު ހަދަމުން، ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ބާއްވާ އަދި މީގެ އިތުރުން އަރުތަ ޕްރޮގްރާމްގެ ދަށުން ދިވެހި ގިނަ ކުޅުންތެރިން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކުގައި ވާދަކުރަމުންދާ ކަމަށެވެ.