ޚަބަރު
ވަކި ބަޔަކަށް މަޖިލިސް ދީގެން އައްޑޫ ރައްޔިތުންގެ އުންމީދުތައް ހާސިލެއް ނުވޭ: ރައީސް

މި ވީހާ ދުވަހު އައްޑޫ ދާއިރާގެ ގޮނޑިތައް ވަކި ބަޔަކަށް ދީގެން އައްޑޫ ރައްޔިތުންގެ އުންމީދުތައް ހާސިލު ވެފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި އައްޑޫ މަރަދޫ ދާއިރާއަށް ވާދަ ކުރާ މުހައްމަދު އަމީތުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މަޖިލީހުގައި އައްޑޫ ތަމްސީލު ކުރަން އަބަދު އެއް ބަޔަކަށް ދިނުމުން މާނަ ހުރި ދެމެހެއްޓެނިވި ތަރައްގީއެއް ހާސިލްވެފައި ނުވާ ކަމަށެވެ. އައްޑޫގެ ތަރައްގީއަށް ބައެއް މަޝްރޫތައް ހިންގާފައި ހުރި ނަމަވެސް އައްޑޫ ރައްޔިތުންގެ އުންމީދުތައް ހާސިލުވެފައި ނުވާކަމަށް ރައީސް ވިދާޅުވި އެވެ.

އައްޑޫއަކީ އެމަނިކުފާނުގެ ތަރައްގީގެ ތަސައްވުރުގައި ވަރަށް މުހިންމު ހިއްސާއެއް އޮތް ތަނެއް ކަމަށާއި މި ތަރައްގީ ހާސިލް ކުރުމަށް ރައްޔިތުންގެ އިތުބާރު ވަރަށް މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެމަނިކުފާނަށް އިތުބާރުކޮށް އެ މަޖިލިސް ދެއްވައިފި ނަމަ އައްޑޫއިން ނަތީޖާ ނެރެދެއްވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މަޖިލީހުގައި ތިބޭފުޅުންގެ ފަރާތްޕުޅުން ތިއްބަވާ މެންބަރުން ތިއްބަވާ ގޮޑިތަކުގައި މި ވިސްނުމުގައި މާނަ ހުރި ތަރައްގީގެ ވިސްނުމަށް އެއްބާރުލުން ދޭނެ ބޭފުޅަކު މިފަހަރު ހޮއްވަވާ ދެއްވުމަކީ ތިޔަބޭފުޅުންނަަށް ތިޔަބޭފުޅުންގެ ތަރައްގިއަށްޓަކައި ޖެހޭނެ ފާހަގަ.

މި ސަރުކާރުން ގެންގުޅޭ ތަރައްގީގެ ޕްލޭން ހާސިލްވާން އޮތީ މަޖިލީހުގެ ތެރެއިން މި ޕްލޭން ފާސްކޮށްގެން ކަމަށާއި އެކަން ކުރެވެން އޮތީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top