މޮލްޑޯވާގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު، ނިކު ޕޮޕެސްކުއަށާއި އެޤައުމުގެ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުން ރާއްޖޭގެ ހާރިޖީ ވަޒީރު އަބުދުﷲ ޝާހިދު އަރިސްކުރަށްވައިފިއެވެ.
ޝާހިދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، މޮލްޑޯވާއާއި ދިވެހިރާއްޖެ އާއި ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި، މޮލްޑޯވާގެ ރައްޔިތުންނަށް އުފާވެރި، ފާގަތި ދުވަސް ތަކަކަށް އެދިވަޑައިގަންނަވާ ކަަމށް ޝާހިދު ވިދާޅުވިއެވެ.
މޮލްޑޯވާގެ މިނިދުވަހަކީ 27 އޮގަސްޓެވެ. އެގައުމަށް މިނިވަންކަން ލިބުނީ 1991 ވަނަ އަހަރުގެ ސޮވިއެޓުން ގެނައި ބަޣާވާތް ފެއިލްވުމާއި ގުޅިގެންނެވެ.
ހަމަ އެއަހަރު 21 ޑިސެމްބަރުގައި މޮލްޑޯވާއިން ވަނީ ކުރީގެ ސޮވިއެޓްރިޕަބްލިކާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށް ޕޯސްޓް ސޮވިއެޓް ކޮމަންވެލްތް އޮފް އިންޑިޕެންޑެންސް ސްޓޭޓެއްގެ ގޮތުގައި އެގައުމު ކަނޑައަޅާފައެވެ.